ހަބަރު

ސައިކަލް ބުރެއް: "މީތިސަޅި"

"މީތިސަޅި" ނަމުގައި ސައިކަލް ބުރެއް ބާއްވަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މާދަމާ ހަވީރު 4:00 އިން 6:00 އަށް "މީތިސަޅި" ނަމުގައި އިވެންޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މާދަމާގެ އިވެންޓްގެ ފުރަތަމަ ހަރަކާތަކީ ސައިކަލުގައި ހުޅުމާލެ ސެންޓްރަލް ޕާކަށް ދިއުމެވެ. އަދި އިރުއޮއްސި 6:00 އާ ހަމައަށް ސެންޓްރަލް ޕާކްގައި މަގުމަތީގެ ގަވާއިދުތަކާއި އެކްސިޑެންޓްތައް މަދުކުރަން ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގައި ފުރާނައަށް ގެއްލުންވާފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނައިން ހިނގަ އެވެ.