ވިޔަފާރި

ބީއެމްއެލް އަށް 277 މިލިއަން ރުފިޔާގެ ސާފު ފައިދާ

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 277 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ބޭންކުން ހޯދައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

ބީއެމްއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހިންގުމުގެ ހަރަދު އިތުރުވުމާއި، އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑަޑް އައިއެފްއާރުއެސް 9 ގެ ދަށުން ލޯން ޕްރޮވިޜަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވުމެވެ. އަދި "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ އިރު ވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދައި ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދެހާސް އަށާރަ ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމަކޮށްފައެއް ނުވި ނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއަކަށް ވާނެ ކަމަށެވެ.

މި ކާމިޔާބީއާ ބެހޭ ގޮތުން ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރު ވެސް ހޯދިގެން މިދިޔައީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ.

"މިދިޔަ އަހަރު މާލީ ގޮތުން ކާމިޔާބު ހޯދައި، ވިޔަފާރި އިތުރަށް ފުޅާކުރެވި، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތައް އެކުއެކީގައި ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އަޅުގަނޑުމެންވާނީ އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާފައިވާ ކަމަށެވެ.

"މި ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ވަނީ އޭޝިއާގައި ބޭންކިން
ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާ މަޝްވަރާކުރައްވާފަ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކަމާއި އެ ދާއިރާގެ ނަޟާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފަ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

"ކުރި މަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެކަމަށްވާތީ، ކުރިއަށްއޮތްތާނގައި ވެސް ބޭންކުން އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް އަދި ހަމައެހެންމެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ނަން."

އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ވަނީ އޭޝިއާގައި ބޭންކިން
ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކަމާއިއެ ދާއިރާގެ ނަޟާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފަ. ކުރިމަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެކަމަށްވާތީ، ކުރިއަށްއޮތް ތާނގައިވެސް ބޭންކުން އިންޓާނެޓް، މޮބައިލް އަދި ސެލްފް ސާވިސް ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް އަދި ހަމަ އެހެންމެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށް ވެސް މަސައްކަތްކުރަމުންދާނަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީމުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން
ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.