އެކްސިޑެންޓް

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯފެޅިއްޖެ

ހުޅުމާލެއަށްދާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފި އެވެ. އެކްސިޑެންޓް ހިގާފައިވަނީ އެއާޕޯޓަށް ދާން އޮންނަށް މަގުން ހައިވޭ އަށް ނުކުންނަން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ތޮށިގަނޑުގައި ޖެހުމުގެ ސަބަބުންނެވެ.

ފުލުހުން ބުނީ މިއަދު 2:15 ހާއިރު އެކްސިޑެންޓެއް ހިގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ސީނަށް އެޓެންޑް ކުރަމުން އަންނަ ކަމަށެފވެ. އަދި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން ހުރި މީހާއަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.

ފުލުހުން އިތުރަށް ބުނީ ހުޅުމާލޭ ހޮސްޕިޓަލަށް އެކްސިޑެންޓްވެގެން ގެންދިޔަ މީހަކަށް ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު މެންދުރު 2:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.