ގައުމީ ފުޓްބޯޅް ޓީމް

ކީޕަރު ލަބާން ގައުމީ ޓީމުގެ ޕްރެކްޓިހަށް!

Feb 4, 2019
2

ގްރީން ސްޓްރީޓްގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފް، 23 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިހަށް ނިކުންނަން ފަށައިފި އެވެ.

ޒުވާން، ޓީމު ތައްޔާރު ވަމުން ދަނީ، އަންނަ މަހު ބާއްވާ އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށެވެ. އެ މުބާރާތުގައި ވާދަ ކުރާ ސްކޮޑުގައި ހިމެނެން ޖެހޭނީ، އަންނަ އަހަރުގެ ނިޔަލަށް 23 އަހަރު ނުފުރޭ ކުޅުންތެރިންނެވެ. އެހެންނަމަވެސް، ސީނިއާ ތިން ކުޅުންތެރިޔަކު ސްކޮޑުގައި ހިމެނުމުގެ އިހްތިޔާރު ދެ އެވެ. އެ ގަވާއިދުގެ ދަށުން ލަބާން،23 އަށް ޓީމުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ.

ލަބާންގެ އިތުރުން، ސީނިއާ ކުޅުންތެރިންގެ ތެރެއިން، ސީނިއާ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ޓީސީގެ އިބްރާހިމް ވަހީދު ހަސަން 'ފެލެނީ އިއްބެ'ވެސް ޒުވާން ޓީމުގެ ޕްރެކްޓިހަށް ނިކުމެ އެވެ.

ޒުވާން ޓީމުގެ ކޯޗަކީ، ސީނިއާ ޓީމުގެ ހެޑް ކޯޗް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް އެވެ. މެއި 2015 ގައި ފުލުހަކަށް ހަމަލާ ދިނުމުން، ތިން އަހަރު ވަންދެން ޖަލު ބަންދުގައި ހުންނަން ޖެހުނު، ލަބާން ގައުމީ ޓީމަށް ގެންނަން މީގެ ކުރިން ޝެގަޓް މަސައްކަތް ކުރި އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ފުރަން ކައިރިވެފައި ވަނިކޮށް، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލްގެ އަތަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި، ތިން ވަނަ ކީޕަރެއްގެ ގޮތުގައި ލަބާން ގެންދިއުމަށް ޝެގަޓް މަސައްކަތް ކުރި އެވެ.

އެހެންނަމަވެސް އޭރު ލަބާން އަށް ޓީމާއެކު ނުދެވުނީ، ބަންދުން މިނިވަންވި ނަމަވެސް ޕެރޯލްގެ މުއްދަތުގައި ހުރުމުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ނެތުމުންނެވެ. އޭނާގެ ޕެރޯލްގެ މުއްދަތު ނޮވެމްބަރު 20 ގައި ވަނީ ހަމަވެފަ އެވެ.

ޝެގަޓް ބުނީ، ލަބާންއަކީ މޮޅު ކީޕަރެއް ކަމަށާއި، ނުރައްކާތެރި ބޯޅަ ތަކުގައި އޭނާގެ ހުށިޔާރުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ.

"އަހަރެން ނުހިމަނާނަން ލަބޯ [ލަބާން] ރަނގަޅު ކީޕަރުންގެ ތެރެއަކު، އަހަރެން އޭނާ ހިމަނާނީ ވަރަށް ރަނގަޅު ކީޕަރުންގެ ކެޓަގަރީގައި، އޭނާގެ ކިބައިން އެކަން ފެނޭ." ޝެގަޓް ވާހަކަ ދެއްކި އެވެ.

އުމުރުގެ ގޮތުން ބަލާނަމަ، ޒުވާން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނީ، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް އަށެވެ. އޭނާ މިވަގުތު ހުރީ މިއަދު ފަށާ ޔޫތު ޗެމްޕިއަންޝިޕަށް ހުސްވެގެން، މާޒިޔާގެ ޒުވާން ޓީމާއެކު އެވެ. ޝެގަޓް ބުނީ، އެ މުބާރަތަށް ފަހު ހުސައިން އާއި އިތުރު ޒުވާން ކުޅުންތެރިން ގައުމީ ޓީމުގެ ސްކޮޑާ ގުޅޭނެ ކަމަށެވެ.

މެއި، އެކެއް 2015 ގެ މުޒާހަރާގައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ލަބާން ހައްޔަރު ކުރީ، އޭރު އޭނާ ކުޅެމުން ދިޔަ ކުލަބު