ވިޔަފާރި

އެފްއެސްއެމްގެ އެމްޑީއަކަށް ގަސަމް ހަމަޖައްސައިފި

ގައުމީ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޤަސަމް ހަަމަޖައްސައިފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ އެމްޑީގެ ގޮތުގައި ގަސަމް ހަމަޖައްސަން ފާސްކުރީ މިއަދު ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލުވުމުގަ އެވެ. ގަސަމް އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ގަސަމް އެމްޑީއަކަށް ހަމަޖެއްސީއިރު، އެފްއެސްއެމްގެ އެމްޑީއަކަށް ހުންނެވި، ހުސައިން ދީދީ ވަނީ އެ މަގާމުން މިދިޔަ ހަފްތާ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުގައި ހުންނަވައިގެން ނުއަގުގައި ތެޔޮ ވިއްކި މައްސަލަތަކެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވި، މައްސަލަ އަންނަނީ ތަހުގީގު ކުރަމުން އެވެ.