ފެލިވަރުގައި ދަޅު މަސް ބަންދު ކުރާތާ 41 އަހަރު ފުރި، 40 ވަނަ އަހަރީ ދުވަސް މިފްކޯ އިން ފާހަގަ ކުރަން ފަށައިފި އެވެ.
ދިވެހި މަސްވެރިކަމުގެ އިންގިލާބު މި މަސައްކަތް ފެލިވަރު ދަޅު މަސް ބަންދުކުރާ ކާރުހާނާ ހުޅުއްވައި ދެއްވީ 1986 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެވެ.
ޅ. ފެލިވަރުގައި ޖަޕާނު އެއިޓް އެމްޓީ ކޭނަރީ އާއި ދިވެހި ސަރުކާރުން ހެދި ޖޮއިންޓްވެންޗާއެއްގެ ދަށުން މި ފެކްޓްރީ ހަދަން ނިންމީ 1977 ވަނަ އަހަރު އެވެ. އެގޮތުން މި ފެކްޓްރީ ރަސްމީކޮށް ހުޅުވައި މަސް ބަންދު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 3، ފެބްރުއަރީ 1978 ވަނަ އަހަރު އެވެ. ފެލިވަރަށް މި އަހަރު 41 އަހަރު ފުރުނު ނަމަވެސް، މި އަހަރު 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަނީ މިދިޔަ އަހަރު ފެލިވަރުގެ އަހަރީ ދުވަސް ފާހަގަ ނުކުރާތީ އެވެ.
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހުޅުވި ފެލިވަރު ފެކްޓްރީއާއެކު ރާއްޖޭގެ އެކްސްޕޯޓު ބޮޑުތަން އިތުރުވެގެން ދިޔަ އެވެ. މިގޮތުން ޓޫރިޒަމާ އެއްހަމައެއްގައި މި ފެކްޓްރީގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ހިފެހެއްޓިގެން ދިޔަ އެވެ.
ފެލިވަރު ދަޅު މަސް ބަންދުކުރާ ފެކްޓްރީ ހުޅުވުމުގެ ކުރިން ދިވެހިން ބާނާ މަހުން ހަމައެކަނި ރާއްޖެއަށް ލިބޭ އާމްދަނީއަކީ ހިކިމަސް އަވައްޓެރި ލަންކާއަށް ބޭރުކޮށްލުމެވެ. ނަމަވެސް ފެލިވަރުގެ ސަަބަބުން "މޯލްޑިވްސް" ގެ ނަމުގައި ޕްރިމިއަމް ޕްރޮޑަކްޓެއް ވަނީ އެކްސްޕޯޓު ކުރަން ފަށާފަ އެވެ.
މިފްކޯ އިން ވަނީ ފެލިވަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަފާތު ހަަރަކާތްތަކެއް ހިންގަން ނިންމާފަ އެވެ. އަދި މި ފެކްޓްރީ ޒަމާނީ ބަދަލު ގެނެސް، އާ އުފެއްދުންތަކަށް ދިއުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އާ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފަ އެވެ.
އާ އެމްޑީ އިސްމާއިލް "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި ފެލިވަރަށް 41 އަހަރު ވެގެންދާއިރު، އެތަން އޮތީ ބޮޑު މަރާމާތަކަށް ބޭނުންވެފަ އެވެ. އެގޮތުން ފެލިވަރު ދަޅު މަސް ބަންދުކުރާ ކާރުހާނާ ކަމަށާ އެތަން ރަނގަޅު ކުރާނަމަ އަށް މިލިއަންއާ ޑޮލަރުގެ އިންވެސްޓް ކުރަން ޖެހޭނެ ކަމަށެވެ.
"ފެލިވަރު އެންމެ ހާލަގައި އޮތީ. މަސް ދަޅު އުފައްދާއިރު ޖެހޭ މައްސަލައަކީ ބަފަ ސްޓޮކެއް ނެތުން. އެހެންވެ، މި ޖެހެނީ ބޯޓެއް ބާއްވައިގެން އޭގެން ނަގައިގެން ކޮންމެ ދުވަހަކު ކޭނަރީ އަށް ގެންދަން. މިއީ ބޮޑު ހަރަދެއް. އެހެންވެ، މިހާރުން މިހާރަށް ވެސް 1.8 މިލިއަން ޑޮލަރު މިކަމަށް އިންވެސްޓް ކުރަން ޖެހޭ. މަސް ގަތުމުގެ ކެޕޭސިޓީ 120 ޓަނަށް ދެވޭނީ މަސް ގަތުމުގެ އޮޕަރޭޝަން ރަނގަޅު ކޮށްގެން. އެންމެ ދެ ބޯޓު ފެލިވަރުގައި މިހާރު މި އޮތީ،" އިސްމާއލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯ އަށް ކޭޝް ފްލޯ އެއް ގޮތަކަށް ވެސް މެނޭޖެއް ނުކުރެވޭ ކަމަށެވެ. މިކަން ރަނގަޅު ކުރުމަށް
ފެލިވަރުގެ 41 އަހަރުގެ ދިގު ތާރީގައި މި ފެކްޓްރީވަނީ ދަޅު މަސް ތަފާތު ނަންތަކުގައި އެކި މާކެޓުތަކަށް އެކްސްޕޯޓު ކޮށްފަ އެވެ.