ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޑްވަޓޯރިއަލް

ކާމިޔާބު މަަސަކަތްތަކާއެކު މިފްކޯ އަށް ތަޖުރިބާއެއް

Jun 15, 2020
2

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުގެ ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މީގެ ތެރެއިން އެއް ކުންފުންޏަކީ، ސަރުކާރުގެ އެންމެ ބޮޑު މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެވެ. އެ ކުންފުނިން ވަނީ ދުނިޔެ އަށް ދިމާވެފައިމިވާ ކޮވިޑް-19 ގެ ކާރިސާ އަށް ރާއްޖެ ކުރިމަތިލީއިރު މީގެ ކުރިން މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ކޮށްފައިނުވާ އައު ތަޖުރިބާ ތަކެއް ކޮށްފަ އެވެ. ބައިނަލްއަޤްވާމީ ވިޔަފާރި ކުންފުންޏަކަށް މިފްކޯ ވާއިރު ކުންފުނީގެ އޮޕަރޭޝަން މެނުއަލްގައި ވެސް ވިޔަފާރި މެދު ނުކެނޑި ކުރި އަށް ގެންދާނެގޮތުގެ "ޕްރޮސީޖާ" ކުރިން އޮތީ ލިޔެފަ އެވެ. އެހެންވެ މިފްކޯގެ ހަޔާތުގައި މި ފަދަ ކަމެއް އަމަލީ ސިފައެއްގައި ކުރިއަށް ގެންދާ ވަރަށް ކާމިޔާބު ކަމާއިއެކު އެ ކުންފުނީގެ އެކި އޮޕަރޭޝަނަލް ސެންޓަރު ތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ރާއްޖެ ކުރިމަތިލީ ރޯދަ މަހާ ކައިރިވެފައިވަނިކޮށެވެ. ކޮންމެ އަހަރެއްގެ ރޯދަމަހަކީ މިފްކޯ މަސްފިހާރައިގެ ވިޔަފާރި އަށް އެންމެ ބާރުބޮޑުވާ މަސްކަމަށްވާއިރު ކަސްޓަމަރުންނަށް ބޭނުންވާ މައިގަނޑު ދަޅުމަހާއި، ގަނޑު ކުރި މަހާއި ވަޅޯމަހުގެ އެކިބާވަތްތައް ނިމދިޔަ ރޯދަ މަހަށް ދުރާލާ އުފައްދައި މާލެ އާއި އަތޮޅުތެރެއަށް ގެންދިޔަ އެވެ. އެހެންކަމުން ރޯދަ މަހު ހުސްނުވެ ގިނަ އުފެއްދުންތަކެއް ދިވެހިންނަށް ލިބުނެވެ. މި މަސައްކަތްތައް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހުރި މިފްކޯގެ ސައިޓްތަކާއި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ މުވައްޒަފުންނާއެކު ކޮވިޑް -19 އާއި ގުޅިގެން ރޭވުނު ހާއްސަ އިންތިޒާމްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އާ އާންމު ހާލަތަކަށް މިހާރު މަސައްކަތްތައް ރޭވިގެން ކުރިއަށް ދާނީ ސަމާލުވާން ޖެހޭ ކަންކަމަށް އަހައްމިއްޔަތުކަން ދީގެން ނެވެ. މިފްކޯގެ އެކި ސައިޓްތަކަށް ބޭނުންވާ މުދާ މާލެ އިން ބަރުކޮށް ސައިޓް ތަކަށް ބޭލުމުގައި "ޑިސްއިންފެކްޓް" ކުރެ އެވެ. އަދި މަސައްކަތް ކުރިއަށްދާއިރު އެކި ސައިޓްތަކާއި ކަނޑުމަތީ އުޅަނ ދުފަހަރުގެ ޓީމްތައް އެއް ބަޔަކު އަނެއްބަޔަކާއި ދިމާނުވާނެ ގޮތަށް އިންތިޒާމު ކޮށްފައިވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒިފުންގެ ކިބައިން އެއްވެސް ކަހަލަ ރޯގާ ނުވަތަ ބައްޔެއްގެ އާލާ މާތްހުރިތޯ ގަވައިދުން ދިޔައީ ބަލަމުންނެވެ. ސައިޓްތަކުގެ އެކި ހިސާބުތަކުގައި އަތްދޮންނަ އިތުރު އިންތިޒާމް ވެސް ހަމަޖެއްސި އެވެ. މަސައްކަތް ކުރި އަށް ދަނީ ބޭނުންވާ މުހިންމު މުވައްޒިފުންނަށް މަސައްކަތް ބަހާލައިގެން ނެވެ. މާލޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒިފުންގެ ހުރުމާއި ކެއުން ހަމަޖެހިފައިހުންނަނީ މިފްކޯ ހެޑްއޮފީސް ކޮށީގައި ކަމަށްވުމާއިއެކު އާންމުން އެއްވެ އުޅޭތަންތަނުގައި ނޫޅޭނެތީ ބިދޭސީ މުވައްޒިފުންގެ ސިއްހީ ރައްކާތެރިކަން ޔަގީން ކުރެވުނެވެ.

557 މުވައްޒަފުން ފުރަ ބަންދަށް ދިޔަ

މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމާއި ދަޅުގައި ބަންދުކުރުމުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށް 557 މުވައްޒަފުން ފުރަބަނދުވެ ތިބެ މަސައްކަތްކުރުމަށާއި ފެލިވަރުގައި ތިބުމަށް ހާއްސަ އިންތިޒާމް ތަކެއް ރޭވި އެވެ. ބޭރުގެ މުހިންމު އޯޑަރު ތަކަށް ވެސް މަސްދަޅު ބަންދުކުރަމުން ދިޔުމާއިއެކު އެއްވެސް ބުރޫއެއްއެރިޔަ ނުދީ މުވައްޒިފުން މިރޯދަމަސް ހޭދަކުރީ އަމިއްލަ އާއިލާތަކާއި ވަކިން ފެލިވަރުގަ އެވެ.

ދިވެހި މުވައްޒިފުންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީ މުވައްޒިފުން ވެސް މަސައްކަތް ކުރާ ފެލިވަރުގައި މުވައްޒިފުންގެ ހުރުމާއި ކެއުން އަބަދު ވެސް ހަމަޖެހިފައި ހުރެ އެވެ. ކައިރި ރައްރަށުގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ރަށަށް ނިދަންދާ މުވައްޒަފުންކަމައްވާތީ، މިލޮކްޑައުންގައި އެމުވައްޒަފުނަށް ފެލިވަރުގައި ތިބުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދެވިފަ އެވެ.

އުޅަނދު ފަހަރުން ނުފައިބަ 40 ދުވަސް

މިފްކޯގެ މުޅި އޮޕަރޭޝަންއަކީ މާލެ އާއި ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކުގައި ކުރިއަށްދާ އޮޕަރޭޝަން އަކަށް ވާއިރު މުދަލާއި އުފެއްދުންތައް އެކި ސައިޓްތަކާއި ރައްރަށަށް ގެންދިޔުމަށް މިފްކޯ މުދާ އުފުލާ ދޯނި ފަހަރުގެ މުވައްޒިފުންވަނީ 40 ދުވަހު މެދުނުކެނޑި އެއް ގަމަށްނުފައިބާ ހޭދަކޮށްފަ އެވެ. މިފަހުގެ ތާރީހެއްގައި ރާއްޖެ ތަޖުރިބާ ކުރި އޮރެންޖް އެލާޓްގައި ވެސް ހުއްޓުމެއްނެތި މިފްކޯގެ މަސައްކަތް މެދުކެނޑުނަނުދީ މަސައްކަތް ކުރި އެވެ. އެގޮތުން މުދާ އުފުލާ ދޯނި ފަހަރުގެ މުވައްޒިފުންގެ ހިތް ވަރުގަދަ ކަމުންނެވެ. މި ދަތުރުތަކުގެ ތެރޭގައި މާލެ އިން މަސް ކޭސް ހޯދުމަށްދަތިވެފައިވާ ރަށްރަށަށް މަސްދަޅު ކޭސް ފޯރުކޮށް ދިނެވެ.

ފެލިވަރަށް ބޭނުންވާ މަސް ސަޕްލައިކުރުމަށާއި ގަނޑުކުރި މަހުގެ އެކްސްޕޯޓް އޮޕަރޭޝަންސް ކުރިއަށް ގެންދިޔުމަށް މަސްވެރިން ބާނާމަސް ދަތިކަ މެއްނެތި ކިރުވުމަށް މިފްކޯގެ މަސް ކިރާ ބޯޓު ފަހަރުގެ މުވައްޒިފުން ވެސް މުޅި ފުރަ ބަންދުގެ މުއްދަތު ހޭދަކޮށްފައިވަނީ އެ މުވައްޒިފުންގެ އާއިލާތަކާއި ވަކިން ކަނޑުމަތީގައި އަދި މިފްކޯގެ ސައިޓްތަކުގަ އެވެ.

ރާއްޖޭގެ ދެކުނުން މަސްގަތުމުގެ މައި އޮޕަރޭޝަންގައި މަސްވެރިން އަތުން މަސްގަތުމަށާއި ފިނި ކުރި މަހުގެ ގޮތުގައި ޕްރޮސެސްކޮށް ކެރިއާ އަށް ލޯޑުކުރުމުގައިއާއި، ފެލިވަރަށް ބޭނުންވާ މަސް ސަޕްލައިކޮށްދިނުމުގެ އިތުރުން މިފްކޯ މަސް ފިހާރަ އިން ވިއްކާ ރިހާކުރާއި ވަޅޯމަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ކޫއްޑުގެ މުވައްޒިފުން ވެސް ރޯދަ މަހުގެ ބޮޑު ބައަކާއިއެކު ފުރަ ބަނދު އިއުލާނު ކުރި މުއްދަތުން ފެށިގެން ހޭދަކުރީ ކޫއްޑޫގަ އެވެ.

މުދާ ލިބުން ދަތިވިޔަ ނުދީ ބެލެހެއްޓި!

"ފަސްމީރު" ބްރޭންޑްގެ އުފެއްދުންތަކަށް ގިނަ ބަޔަކު ބަރޯސާވާއިރު ގަނޑުކުރި މަހުގެ ބާވަތްތަކާއި އިތުރު ގިނަ އުފެއްދުން ތަކެއް ތައްޔާރުކުރަނީ މާލެ ގައިރީގައިވާ ކަނޑުއޮތްގިރީގެ މަސް ފެކްޓްރީގަ އެވެ. ފުރަބަންދާއިއެކު ނިމިޔަ ރޯދަ މަހު މިފްކޯގެ ކަނޑުއޮތްގިރީ ސައިޓްގެ މުވައްޒިފުން ވެސް ލޮކްޑައުންވެ ތިބީ ކަނޑުއޮތްގިރީގަ އެވެ. ކަނޑުއޮތްގިރީގެ ސަޕޯޓް ޓީމްއެއް މި ފުރަ ބަންދާއި ގުޅިގެން ކުއްލި ހާލަތުގެ އޮޕަރޭޝަންގައި މިފްކޯ އަށް ގެންނަ އަދި ބަރުކުރާ މުދާ ހަމައެކަނި ކުންފުނީގެ މުވައްޒިފުން ގެންގުޅުމަށް މާލެ އަށް ބަދަލުކުރެވި ހެޑް އޮފީހުގައި ތިބުމުގެ އިންތިޒާމް ހަމަޖެއްސި އެވެ.

މާލެއާއި ކައިރި ވުމާއިއެކު ކަންޑުއޮތްގިރީގެ ބައެއް މުވައްޒިފުންނަކީ ދުވާލު މަސައްކަތް ކުރުމަށްފަހު މާލެ އަންނަ މުވައްޒިފުން ތަކެއް ނަމަވެސް ފުރަބަންދުގެ މުއްދަތުގައި ކަނޑުއޮތްގިރީގައި މަޑުކޮށް މެދުނުކެނޑި މަދުނުވާވަރަށް މިފްކޯ މަސް ފިހާރަ އިން ވިއްކާ އުފެއްދުންތައް ކަނޑުއޮތްގިރީގެ މުވައްޒިފުންދަނީ ތައްޔާރުކޮށް ސަޕްލައި ކޮށްދެމުންނެވެ.

މާލެ ފުރަބަންދަކަށް ދިޔުމާ އިގުޅިގެން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފްކޯގެ ޓީމްތައް އެކި ގޮތްގޮތުން ހަރަކާތްތެރިވި އެވެ. ރައްޔިތުންގެ އޯޑަރު ތަކަށް ގެއަށް ޑެލިވަރީގެ ހިދުމަތްފެށި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ފަހުން މަސް ފިހާރަ މެދުވެރިކޮށް ގޭ ދޮށު ފިހާރަތަކާއި އާންމު ރައްޔިތުންނަށް ހިދުމަތްދެވުނެވެ. އަދި މާލެ އިން ފުރާ ދޯނި ފަހަރަށް އޯޑަރުދެއްވާ މުދާ ޑެލިވަރީ ކުރެވުނެވެ. މިފްކޯ ސައިޓްތަކުގެ ތެރެއިން ހުޅުމީދުގައި ހުންނަ ފިހާރަ އިން އެ ރަށުގެ ރައްޔިތުންގެ އޯޑަރުތަކަށް ހުޅުމީދޫގައި ޑެލިވަރީގެ އިންތިޒާމް ހަމަޖައްސައިދިނެވެ. މީގެ އިތުރުން ވެސް މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިޔުމަށް އެކިޑިޕާޓްމަންޓްތަކުގެ މުވައްޒިފުން އިސްނަގައި ހަރަކާތްތެރިވަމުންދެ އެވެ. ހާއްސަކޮށް އައިޓީއަށް ބަރޯސާވެ މަސައްކަތް ރޭވިގެންދާ ޒަމާނެއްގައި ހެޑްއޮފީހުގެ އައިޓީ ޓީމް ރޯދަމަހުގެ ނިޔަލަށް އާއިލާއާއި ވަކިން އޮފީހުގައި މަޑުކޮށް އައިޓީ މައްސަލައެއް އެއްވެސް ހިސާބެއްގައިދިމާނުވެ މަސައްކަތްރާވައިގެން ކުރިއަށްގެންދިޔައެވެ.

މިފްކޯއަކީ އަބަދު ވެސް ކުއްލި ހާލަތްތަކުގައި ވެސް ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެވޭ އެންމެ ފުރިހަމަ ހިދުމަތެއް މަސްވެރިންނާއި ރައްޔިތުންނަށް ދިނުމަށް އަހުލުވެރިވެފައިވާ މަސައްކަތުގެ މާހައުލެއް ގާއިމްވެފައިވާ ކުންފުންޏެކެވެ.
މީގެކރިން ދިމާވެފައިވާ މާލެއިން ފެންކެނޑުމުގެ ހާދިސާއާއި ކަނޑުމަތީގައިދިމާވާ އެކި ހާދިސާތަކުގައާއި އެކިއެކި މުނާސަބަތުތަކުގައިވެސް މިފްކޯއިން މުހިންމު މަސައްކަތްތަކެއް ޤައުމީ ހިދުމަތެއްގެ ގޮތުގައިކޮށްދީފައިވެއެވެ. މިފްކޯގެ މުވައްޒިފުންގެ މުޅި ޓީމަކީ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމުގައިވިޔަސް އެއްބައިވަންތަކަމާއި މަސައްކަތުގެ ޝައުގުވެރިކަމުގައި އެ އްއާއިލާއެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒިފުން ތަކެކެވެ.