އެމްއެންޑީއެފް

ރާޑަރުތައް ހަރުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ޗީފް

އިންޑިއާއިން ރާއްޖެއައް ދީފައިވާ ރާޑަރު ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ސްޓެރެޖެޓިކް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، އިންޑިއާގެ 10 ރާޑަރެއް ރާއްޖޭގައި ބަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ރާޑަރުތައް ހަރުކޮށް އެއް ނެޓްވޯކަކުން ގުޅާލުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަވާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ އިންޑިއާ އިންނާއި ރާއްޖެއިން އިންޑިއާގެ ކަނޑުގެ ހަމަޖެހުމަށް ވިސްނަމުންދަނީ އެއް ވިސްނުމަކުން ކަމަށެވެ.