ވިޔަފާރި

ސީޕްލޭން ދަތުރުތައް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އާދިއްތަ ދުވަހު ސީޕްލޭން މޫވްމެންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.

އެމްއޭސީއެލް އިން ބުނީ މިމަހުގެ ތިންވަނަ ދުވަހު އެކަނި 531 ސީޕްލޭން މޫވްމެންޓް ވީއައިއޭގައި އެކަނި ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ސީޕްލޭން ރެކޯޑް ކުރެވިފައިވާ 517 މޫވްމެންޓާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

ވީއައިއޭގައި ސީޕްލޭން މޫވްމެންޓް އިތުރުވެފައިމިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށެވެ. ސީޕްލޭންގެ ދަތުރުތައް އިތުރުވަނީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ ޓޫރިސްޓު ސީޒަންއާ ދިމާކޮށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު 110 އިންޓަނޭޝަނަލް ފްލައިޓު އަދި 102 ޑޮމެސްޓިކް ފްލައިޓް ޖައްސާފައި ވެއެވެ. އެ ދުވަހު 517 ސީޕްލޭން ވެސް ޖައްސާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.