ހަބަރު

މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ހުޅުވާލައިފި

Feb 5, 2019

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރަން ބޭނުންވަ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އީސީ އިން މިއަދު ވަނީ މަޖިލިސް އިންތިހާބު ވޯޓު ނެގުމާއި ގުނުމުގެ ކަންކަން އޮބްޒާވް ކުރުމަށް ޝައުގުވެރިވާ ސިޔާސީ ޕާޓީތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް ފޯމް ހުށަހަޅަން ހުޅުވާލައިފަ އެވެ. އަދި އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބައިނަލްއަގުވާމީ ފަރާތްތަކާއި މޮނިޓާ ކުރަން ބޭނުންވާ މީޑިއާތަކަށް ވެސް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހު 23 އާ ހަމަޔަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.