އެމްއެންޑީއެފް

ހެލިކޮޕްޓަރަށް ވުރެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި: ޝަމާލް

އިންޑިއާއިން ރާއްޖޭގައި ބަލި މީހުން އުފުލުމަށާއި އެހެނިހެން ކަންކަމުގެ ބޭނުންކުރާ ހެލިކޮޕްޓަރަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަންތަށް އެބަހުރި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

މިއަހަރު އެމްއެންޑީއެފްއިން ކުރަން ރާވާފައިވާ ކަންތައްތަކާއި ސިޔާސަތުގެ މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ، ރާއްޖޭގެ ބޯޑާ ނިޒާމް ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމަށް މާ ބޮޑަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އެނާ ވިދާޅުވީ ބޯޑަރު ހުރަސްކޮށް ރާއްޖެ ކޮންމެ ކަހަލަ މީހަކުވެސް އައިސްދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ކަންތަށް ހުއްޓާ ހަމައެކަނި ހެލިކޮޕްޓަރުގެ ވާހަކަ ދައްކަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އެއަށްވުރެ [ހެލިކޮޕްޓަރު] މާ ކޮންސާންވާ ކަހަލަ އެހެން އިޝޫ އެބަހުރި ކަންނޭގެ ރާއްޖޭގަ، ސިޔާދަތުގެ ނަޒަރަކުން ވިސްނާލާއިރު އެންމެ މުހިންމީ ބޯޑާސް ރަނގަޅަށް ސަލާމަތްތެެރިކަމާ އެކު ޕްރެޓެކްޓްކުރުން،" ޝަމާލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާލުވީ ޓެކްނިކަލް ސިފައިން ގައުމެއްގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށާއި ރާއްޖެއަށް ވުރެ ބޮޑެތި ގައުމު ތަކުގައި ވެސް އެހެން ގައުމުތަކުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައިވާ ސަރަހައްދަކުން ދެ ގައުމުގެ ސަލާމަތަށް ނުރައްކާވާނަމަ އެކަން ހައްލުކުރަން ގެންގުޅެނީ އެއް ސަލާމަތީ ނެޓްވޯކަކުން ގުޅިގެން ކަމަށެވެ. އަދި މިއީ އެހެނިހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރަމުންދާ ގޮތް ކަމަށް ޝަމާލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާގެ ކަނޑުގެ އަމާންކަމަށް ރާއްޖެއިންނާއި އިންޑިއާއިން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ. އެގޮތުން ދެ ގައުމުން ވެސް ބެނުންވަނީ މަސްތުވާތަކެތީގެ މައްސަލައާއި ތެލުގެ ވަގު ވިޔަފާރިކުރުމާއި އެހެނިހެން ގަވާއިދާ ހިލާފު ކަންތަށް ހުއްޓުވުން ކަމަށެވެ. ރާއްޖޭގައި ރާޑަރު ބެހެއްޓުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ގަވާއިދާ ހިލާފަށް ވަންނަށް ބޯޓުފަހަރު ވަނުން މަދުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ރާޑަރުތަށް ހަރުކުރުމަށްފަހު، ރާޑަރާ ގުޅޭ ކަންކަމުގައި އުޅޭނީ ދިވެހި ސިފައިން ކަމަށެވެ.

"އެހެން ގައުމު ތަކުގައިވެސް ޓެކްނިކަލް ސިފައިން ތިބޭ، މާ ބޮޑެތި ގައުމުތަކުގައިވެސް ތިބޭ،" ޝަމާލް ވިދާލުވި އެވެ.

ޝަމާލް ވިދާޅުވީ، އިންޑިއާއިން ދީފައިވާ ހެލިކެޕްޓަރު ބޭނުންކުރަނީ އިންސާނިއްޔަތަށް ބޭނުންވާ އެހީ ފޯރުކޮށްދޭން ކަމަށެވެ. އެންމެ ފުރަތަމަވެސް އިންޑިއާއިން ހެލިކެޕްޓަރު ދީފައިވަނި ދިވެހި ސަރުކާރަށް މިލްކު ކުރެވޭގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހެލިކެޕްޓަރުގެ އޮޕަރޭޝަންތަށް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސިފައިން ނެތުމުން އިންޑިއާއިން ހެލިކެޕްޓަރު އޮޕަރޭޓް ކުރަނީ ކަމަށެވެ.

އެމްއެންޑީއެފް އިން އަސްކަރީ ގުޅުން ބާއްވަނީ ހަމައެކަނި އިންޑިއާއެކު ނޫން ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިފައިން ދަނީ ޖަޕާން، ސްރިލަންކާ، އިގިރޭސީވިލާތް އަދި އެހެން ގައުމުތަކާއެކުވެސް އަސްކަރީ މަސައްކަތް ކުރަމުން ކަމަށެވެ.

ޝަމާއު ވިދާޅުވީ، ހެލިކެޕްޓަރު ދުއްވުމަށް ބޭނުންވާ ޕައިލެޓުނާއި އެހެނިހެން ޓެކްނިކަލް ސްޓާފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއާ ސަރުކާރަށް ދަންނަވާފައިވާ ކަމަށެވެ.