އެމްއެންޑީއެފް

ފީނަން ފޭބި ޒުވާނަކު ގެެއްލިގެން ހޯދަނީ

ބ. އެމްބޫދޫ ކައިރީގައި އޮންނަށް ރަންގަލި ފަރަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. ތުޅާދޫ ފޮނިލުބޯގެ ޔާފިއު ހަސަން 20 އެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މައުލޫމާތު ލިލބިފައިވަނީ މިއަދު ހަވީރު 3:47 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރުން، ކޮކޯ ޕާލްސްގެ އެއް ޑައިވަރުކު ކުރަމުންދާ ކަމަށެވެ.