އދ. މަންދޫގައި ފުޓްސަލް މުބާރާތަކާއި ނެޓްބޯލް މުބާރާތެއް ބާއްވައިފި އެވެ.
މުބާރާތް އިންތިޒާމް ކުރި ފަރާތުގެ އޮފިޝަލަކު ވިދާޅުވީ މަންދޫގައި އެއް ދުވަހުގެ ދެ ފުޓްސަލް މުބާރާތަކާއި ނެޓްބޯލް މުބާރާތެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ. ފުޓްސަލް މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވި އިރު ނެޓްބޯލް މުބާރާތުގައި ދެ ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި މުބާރާތް އިއްޔެ އިރުއޮއްސި 6:30 ގައި ނިންމާލިއިރު ވަނަަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމް ދީފައި ވެއެވެ.
މި މުބާރާތް އިންތިޒާމްކޮށް ހިންގާފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަ ކުރައްވާ މައުމޫން އަބްދުއްސަމަދެވެ.