ހަބަރު

ޑެންގޫ ޖެހުނު ކުއްޖަކު ރާއްޖޭން ބޭރަށް ފޮނުވަނީ

ޑެންގޫ ޖެހިގެން ފ. ފީއަލީން މާލެ ގެނައި ކުދިންގެ ތެރެއިން ކުއްޖެއްގެ ހާލު ސީރިއަސްވެ ރާއްޖޭން ބޭރަށް ފޮނުވާލަން ނިންމާފައިފި އެވެ. ޑެންގޫ ޖެހިގެން ފީއަލީ ހަ ކުއްޖަކު މާލެ ގެނަ އެވެ.

ޑެންގޫ ޖެހިގެން ފީއަލީން ގެނައި ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކު ވަނީ ދޫކޮށްލާފަ އެވެ. އެއް ކުއްޖަކު ބޭރަށް ފޮނުވާއިރު އިތުރު ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ. އަނެއް ދެކުދިން ތިބީ އައިޖީއެމްއެޗްގެ ވޯޑްގަ އެވެ.

ޑެންގޫ ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ ޖުލައި 12، 2016 ގައެވެ. އެއީ ލ. އިސްދޫ ޗަމްޕާގޭ، މުހައްމަދު ޒައިން ހަމީދު 12، އެވެ.