ފީއަލި

ޑެންގީ ފެތުރޭތީ ފ. އަތޮޅު މަދަރުސާ ބަންދުކޮށްފި

Feb 9, 2019
1
ފީއަލި
0%
0%
0%

ފ. ފީއަލީގައި ޑެންގީ ފެތުރެމުންދާތީ ފ. އަތޮޅު މަދަރުސާ ބަންދުކޮށްފި އެވެ. އެ މަދަރުސާ ހުންނަނީ ފީއަލީގަ އެވެ.

ބަންދު ކުރަން ނިންމި އަތޮޅު މަދަރުސާގައި 200 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރެ އެވެ. ގާތްގަނޑަކަށް 1،200 މީހުންގެ އާބާދީއެއް އޮތް ފީއަލީގައި ހުންނަ އަތޮޅު މަދަރުސާ ބަންދު ކުރީ ފަސް ދުވަހަށެވެ.

މި ނިންމުން އާއިރު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާތީ އެ ރަށުން 14 ކުއްޖަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި އޭގެ ތެރެއިން ކުއްޖެއްގެ ހާލު ސީރިއަސްވާތީ ރާއްޖެއިން ބޭރަށް ގެންދަން ވެސް ވަނީ މަސައްކަތް ފަށާފަ އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރަން ފީއަލީގައި މިހާރު ކޮންމެ ދުވަހަކުވެސް ފޮގުކުރެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345