ހަބަރު

ފީއަލީގައި ހާލު ބޮޑުވެގެން މީހަކު މާލެ ގެންނަނީ

Feb 22, 2019
3
ޒުވާނާ މާލެ ގެނައުމަށް ތައްޔާރު ވަނީ: އޭނާ ހާލު ވަނީ ބޮޑުވެފައި --
0%
100%
0%

ފ. ފީއަލީގައި ހާލު ބޮޑުވި މީހެއް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ. މާލެ ގެންނަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

ފީއަލީ މީހަކު މިރޭ ބުނި ގޮތުގައި އެމީހާގެ ހާލު ބޮޑުވެފައިވަނީ ޑެންގީ ޖެހުމުގެ ސަބަބުންނެެވެ. ހާލު ބޮޑުވެފައިވަނީ ތެލެސީމިއާ މީހެކެވެ. އޭނާ މާލެ ގެންނަނީ ސީ އެންބިއުލާންސްގަ އެވެ.

އެމްއެންޑީއެފްއިން ބުނީ މިރޭ 1:30 ހާއިރު އޭނާ މާލެ ގެނެވޭނެ ކަމަށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެ ރަށުގައި ވަރަށް ބޮޑަށް ޑެންގީ ފެތުރުނެވެ. އެ ފަހަރު ޖުމްލަ 13 ކުއްޖަކު ޑެންގީއަށް ޕްޒިޓިވްވި އެވެ. ބައެއް ކުދިން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދޭން ވެސް ޖެހުނު އިރު އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.

އެ ފަހަރު ފީއަލީ ކައުންސިލުން އިސްނަގައިގެން ރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ޖަންކްޝަންތަކަށް ޑީސެލް އެޅުމާއި މަދިރި ބޭސް ރަށު ތެރެއަށް ޖެހުމާއި މަދިރި އުފެދޭ ތަންތަން ނައްތާލާފައިވެ އެވެ. އެއަށްފަހު ޑެންގީ ފެތުރުން ކޮންޓްލޯވި އެވެ.

އެހެންނަމަވެސް އިއްޔެ އާއި މިއަދު ފީއަލިން އަނެއްކާވެސް ފަސް ކުއްޖަކަށް ވަނީ ޑެންގީ ހުން ޖެހިފަ އެވެ. އެ ރަށު ކައުންސިލްގެ މެންބަރު އަހުމަދު އާދަމް މިރޭ ވިދާޅުވި ގޮތުގައި އެ ރަށުގެ ސިއްހީ މަރުކަޒުގައި ހަތަރު ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެއް ކުއްޖަކު މާލެ ވަނީ ފޮނުވާފަ އެވެ.

މާލެ ފޮނުވީ ފިޓް ޖެހުނު ކުއްޖެކެވެ. އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން ޑެންގީއަށް ޕޮޒިޓިވްވި ކަމަށް އަހުމަދު އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި އަނެއްކާވެސް ޑެންގީ ފެތުރެން ފެށުމުން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީ އާއި ކައުންސިލާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

.ހީވެއްޖެ

.މިހާރު ކިހާރީތި އަޑެއް އިވިއްޖެ މީހުންގެ ސާފުތާހިރު ކަމެއް ނެތިގެންނޯ ޑެންގޫ ޖެހެނީ މިކަންތައް ވެސް މި ކަނޑާލީ އެހެން މީހުންގެ ބޮލަކަށް ނޫން.

.ޑެންގޫ

.ކޮބާ ދުވަހަކުވެސް ސިއްހީ ދާއިރާއަށް ނުގެންނަ ވަރުގެ ބޮޑު އިންގިލާބުގެ ހެޑު މިނިސްޓަރ! ( އަމީން )؟ ކޮބާ ކީއްވެތޯ ޑެންގިއޫ މަދިރިތައް މުށުތެރެއަށްލާ ނުހިފަހައްޓަނީ ކީއްވެތޯ މިސަރުކާރުން ކަންތައް ނުބެލުނީ؟ މިހެން އަހަން މިޖެހުނީ ކުރީގެ ސަރުކާރު އޮތްއިރު ޑެންގީހުން ފެތުރެނީ ސަރުކާރުން ނުބަލަހައްޓާ ކަމަށް ބުނެ އަބަދު އަބަދު ޓީވީތަކާ ރޭޑިއޯތަކާ ނުވިތާކަށް ނޫސްތަކުން ވެސް މި ޝަކުވާއެއް ކުރާތީ މިހާރު އެނގިއްޖެދޯ....................

ޢަލީ މުހައްމަދު

ޙިސާބަށްވުރެ އާންމު ސާފުތާހިރުކަން ކުޑަވީމަ ވާނެ ހުރިހާ ކަމެއްވެސް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345