ހަބަރު

ފީއަލީގައި އަނެއްކާވެސް ޑެންގީ ފެތުރެނީ

މީގެކުރިން ފީއަލީގައި ޑެންގޫ ފެތުރިގެން އެމެޖެންސީގައި ކުއްޖަކު މާލެ ގެންނަނީ: އަނެއްކާވެސް ޑެންގޫ ދަނީ ފެތުރެމުން --
0%
50%
50%

ފ. ފީއަލީގައި އަނެއްކާވެސް ޑެންގީ ފެތުރި، ކުޑަކުދިންތަކަކަށް ފަރުވާ ދޭން ޖެހިއްޖެ އެވެ. އަލުން ހުން ފެތުރެން ފެށީ ފީއަލިން ޑެންގީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މި މަހުގެ 13 ވަނަ ދުވަހު ބުނެފައި ވަނިކޮށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެ ރަށުގައި ވަރަށް ބޮޑަށް ޑެންގީ ފެތުރުނެވެ. އެ ފަހަރު ޖުމްލަ 13 ކުއްޖަކު ޑެންގީއަށް ޕްޒިޓިވްވި އެވެ. ބައެއް ކުދިން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދޭން ވެސް ޖެހުނު އިރު އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.

އެ ފަހަރު ފީއަލީ ކައުންސިލުން އިސްނަގައިގެން ރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ޖަންކްޝަންތަކަށް ޑީސެލް އެޅުމާއި މަދިރި ބޭސް ރަށު ތެރެއަށް ޖެހުމާއި މަދިރި އުފެދޭ ތަންތަން ނައްތާލާފައިވެ އެވެ. އެއަށްފަހު ޑެންގީ ފެތުރުން ކޮންޓްލޯވި އެވެ.

އެހެންނަމަވެސް އިއްޔެ އާއި މިއަދު ފީއަލިން އަނެއްކާވެސް ފަސް ކުއްޖަކަށް ވަނީ ޑެންގީ ހުން ޖެހިފަ އެވެ. އެ ރަށު ކައުންސިލްގެ މެންބަރު އަހުމަދު އާދަމް މިރޭ ވިދާޅުވި ގޮތުގައި އެ ރަށުގެ ސިއްހީ މަރުކަޒުގައި ހަތަރު ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އެއް ކުއްޖަކު މާލެ ވަނީ ފޮނުވާފަ އެވެ.

މާލެ ފޮނުވީ ފިޓް ޖެހުނު ކުއްޖެކެވެ. އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން ޑެންގީއަށް ޕޮޒިޓިވްވި ކަމަށް އަހުމަދު އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި އަނެއްކާވެސް ޑެންގީ ފެތުރެން ފެށުމުން މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީ އާއި ކައުންސިލާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބޭސް

ސްކޫލު ބަންދުކޮށްފާ ކޯސްޓުގާރޑު އެތްނަށް ފޮނުވީމާ ޑެންގޫއިން ސަލާމަތްވާނެ ދެން ސަރުކާރުން ނޫސްބަޔާން ޖެޙީމާ ޑެންގޫ ބިރިންދާނެ

މާމިގިލީ މީހާ

ސަރުކާރުގެ ކަޑަކަން މިފެންނަނީ... މާމިގިލީގައި ލޮލުރިއްސާތީ ސިއްހީމަރުކަޒަށް ގެންދިޔަ ކުއްޖާގެ ގަޔަށް ޖެހީ ގޭސްގެ އުދަގޫވާ މީހުންގެ ގަޔަށް ޖަހާ އިންޖެކުސަންނެއް. މިކަހަލަ ގަމާރު ޑޮކުޓަރުން ރާއްޖެތެރެއަށް ފޮނުވަނީ.

މާމިގިލީ މީހާ

ސަރުކާރުގެ ކަޑަކަން މިފެންނަނީ... މާމިގިލީގައި ލޮލުރިއްސާތީ ސިއްހީމަރުކަޒަށް ގެންދިޔަ ކުއްޖާގެ ގަޔަށް ޖެހީ ގޭސްގެ އުދަގޫވާ މީހުންގެ ގަޔަށް ޖަހާ އިންޖެކުސަންނެއް. މިކަހަލަ ގަމާރު ޑޮކުޓަރުން ރާއްޖެތެރެއަށް ފޮނުވަނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345