ފީއަލި

ފީއަލީގައި ފެތުރެމުން ދިޔަ ޑެންގީ ކޮންޓްރޯލް ވެއްޖެ

ށ. ފީއަލި - މިހާރުވަނީ ޑެންގީ ކޮންޓޮރޯލް ކުރެވިފައި
33.3%
66.7%
0%

ށ، ފީއަލީގައި ފެތުރެމުން ދިޔަ ޑެންގީ ހުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.

ފީއަލީ ހެލްތް ސެންޓަރުގެ ކޮމިއުނިޓީ ހެލްތް އޮފިސާ އަބްދުﷲ ޒައީމް "އަވަސް" އަށް މިއަދު ވިދާޅުވީ، ޑެންގީ ހުން ޖެހިގެން ސިއްހީ މަރުކަޒުގައި މިހާރު އެއްވެސް މީހަކު އެޑްމިޓް ކޮށްފައިވާ ނުވާ ކަމަށެވެ.

ފީއަލީގައި ކުޑަ ކުދިންތަކެއް ޑެންގީ ހުން ޖެހުމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ އެކުދިން މާލެ ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފޮނުވާފަ އެވެ.

"މީހާރު އެބަލި (ޑެންގީ) ޖެހިގެން އެއްވެސް މީހަކު އެޑްމިޓް ކޮށްފައެއް ނެތް، ޑެންގީ ކޮންޓްރޯލް ކުރެވިފައި ވަނީ މިހާރު،" ޒައީމް ވިދާޅުވި އެވެ.

އެރަށުގެ ކައުންސިލް ރައީސް މުހައްމަދު ޖަލީލް މީގެ ކުރިން ވިދާޅުވެފައި ވަނީ، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް އެރަށުގައި ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. މީހުން ދިރިއުޅޭ ގެތަކުގައި މަދިރި އާލާވާ ފަދަ ގޮތަކަށް ހުންނަ ތަންތަން ވަގުތުން ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށްވެސް އޭނާ އޭރު ވިދާޅުވި އެވެ. ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.

ހެލްތް ސެންޓަރު ވެރިޔާ ޒައީމް އިތުރަށް ވިދާޅުވީ އެރަށުން ޑެންގީ ހުން މިހާރު ކޮންޓްރޯލްވެފައި ވާތީ، ސްކޫލުގައި އަލުން ކިޔަވައި ދިނުމުގެ މަސައްކަތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑެންގީ ހުން ފެތުރުމާ ގުޅިގެން އެރަށު ސްކޫލް ބަންދު ކޮށްފައިވަނީ މިމަހު ހަތް ވަނަ ދުވަހު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ށ

ށ ގަ އޮވޭތަ ފީއައްޔެއް

މީހާ

ށ. އެއް ނޫން ފ. ފީއަލި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345