ހަބަރު

ހުޅުމާލޭގައި ޕަބްލިކް ޝަވާތައް ހަދައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ހަ ސަރަހައްދެގައި ޕަބްލިކް ޝަވާ އޭރިއާތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފެން މާގަނޑު ހަރުކުރަން މިނިސްޓްރީން އަލުން އިއުލާން ކޮށްފައިމިވަނީ މިމަހު ހަ ވަނަ ދުވަހު 11:00 ޖެހިއިރު ކުރި އިއުލާން ބާތިލް ކުރުމަށްފަހު އެވެ. އަލުން ފެން މާގަނޑު ހަރުކުރަން އިއުލާންކޮށްފައި ވަނީ ހަމަ އެދުވަހު މެންދުރު 12:00 ޖެހިއިރު އެވެ.

މިނިސްޓްރީން ފަހުން ކުރި އިއުލާނުގައި ބުނީ، ޕަބްލިކް ޝަވާ ނުވަތަށް ފެންމާގަނޑު ހަރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މާދަމާ 12 ޖެހުމުގެ ކުރިން އެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުން އެދޭ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފުރަތަމަ އިއުލާން ބާތިލް ކޮށްފައިވާ ސަބަބަކަށް ޕްލޭނިން މިނިސްޓްރީން ބުނީ، އެ އިއުލާނާ ގުޅިގެން މިނިސްޓްރީއިން ދީފައިވާ މަޢުލޫމާތު ކަރުދާހާއި، ބީ.އޯ.ކިއު ބަދަލުވެފައި ވުމުން ކަމަށެވެ.

މިނިސްޓްރީން ފަހުން ކުރި އިއުލާނުގައި ބުނީ، މިނިސްޓްރީ އަށް ހުށަހަޅާ ބީލަންތަށް ހުންނަންވަނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައި ކަމަށެވެ. އަދި ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރެޓީވެސް ހުށަހަޅަން ވާނެ ކަމަށެވެ.

އިއުލާނުގައި ޕަބްލިކް ޝަވާ ހަރުކުރަނީ ހުޅުމާލޭ ކޮން ސަރަހައްދު ތަކެއްގައި ކަމެއް ބުނެފައެއް ނުވެއެވެ. .