ހަބަރު

އިންނަމާދޫ ޒުވާނުންތަކެއް ދެ މާވަހަރު ހޮވައިފި

ރ. އަތޮޅޫ އިންނަމާދޫއިން މިއަދުގެ ވަގުތެއްގައި ދެ މާވަހަރު ހޮވައިފި އެވެ.

އެރަށު ކައުންސިލްގެ މެމްބަރު އަހުމަދު ފަޔާޒު ވިދާޅުވީ އެ ރަށުން ފެނިފައިވަނީ 200 ގްރާމުގެ ދެ މާވަހަރު ކަމަށެވެ. އޭގެ ތެރެއިން އެއް މާވަހަރަކީ ހުދަންބަރު މާވަހަރެއް ކަމަށް ބެލެވޭ ކަމަށެވެ.

އިންނަމާދޫ ދެ މާވަހަރު ފެނިފައިވާއިރު މިމަހު ދެވަނަ ދުވަހު ށ. ފީވަކުން ވެސް ވަނީ އެކަނި މަހަށް ގޮސް އުޅުނު މީހަކަށް 82 ކިލޯގެ މާވަހަރެއް ފެނިފަ އެވެ. އެ މާވަހަރު މިހާރު ވަނީ ޓެސްޓް ކުރުމަށް މާލެ ގެނެސްފަ އެވެ.

އިންނަމާދޫ އިން މާވަހަރު ފެނިފައި ވަނީ މަސް ބާނަން ދިޔަ ހަތަރު ޒުވާނަކަށެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ބަލާބެލުމަށް އެދޭތިވެސް މާވަހަރާކާ ވައްތަރަު ކަމަށާއި، އަދި ރަށުގައި ދިރިއުޅޭ ދުވަސްވީ މީހުންވެސް އެއީ މާވަހަރެއް ކަމަށް ބުނަމުންދާ ކަމަށެވެ. އޭނާ އިތުރަށް ބުނީ މާވަހަރު ހޮވި ފަރާތްތަކުން މިހާރު އޭތި ޓެސްޓް ކުރުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.