ހަބަރު

ކުޅުދުއްފުށީ މަސް ދޯންޏަކުން "މާވަހަރެއް" ހޮވައިފި

ހދ. ކުޅުދުއްފުށީ މަސް ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ. މާވަހަރެއް ކަމަށް ބެލެވޭ އެތި ހޮވާފައިވަނީ ކުޅުދުއްފުށީ މޫސުން 3 ދޯނިންނެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެ ދޯނީގެ ވެރިޔާ އަލީ ރިޒާ ބުނީ، އެ އެތި ހޮވީ ކުޅުދުއްފުއްޓާއި ކުމުންދޫއާ ދޭތެރޭ ކަނޑު އޮޅިން ކަމަށެވެ. އަދި މިހާރު އެ އެތި ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

ރިޒާ ބުނީ އެ އެއްޗަކީ މާވަހަރެއް ކަމަށް އަދި ޔަގީން ނުކުރެވޭ ކަމަށާއި ތަހުލީލު ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. މާވަހަރެއް ކަމަށް ބެލެވޭ އެތީގައި 15 ކިލޯ ހުރި ކަމަށް ވެސް ރިޒާ ބުންޏެވެ.

ށ. ފޯކައިދޫ މާކަރީ ދޯނިން ވެސް މީގެ ދެ ދުވަސް ކުރިން މިފަދަ އެއްޗެއް ހޮވާފައިވާއިރު ތަހުލީލުކުރުމުން އެނގުނީ އެއީ ތެޔޮގަނޑެއް ކަމެވެ. ނަމަވެސް އެ ވަނީ އެއްލައްކަ ރުފިޔާއަށް ވިކިފަ އެވެ. މިދިޔަ ހަފްތާގައި ނ. ފޮއްދޫން އަންހެނަކު ވަނީ 10 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ. އޭގެ ކުރިން ޅ. ކުރެންދޫ މީހަކު ވެސް މާވަހަރެއް ހޮވި އެވެ.