ހަބަރު

އިތުރު އަށް ބޭފުޅަކަށް ޖޭޕީއިން ޓިކެޓް ދީފި

Feb 10, 2019

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރުމުގެ ފުރުސަތު އަށް ބޭފުޅަކު ދީފި އެވެ. އެ އަށް ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވާފައިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

އަންނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު ގާސިމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ދީފަ އެވެ.

އެ ބާރުގެ ދަށުން ގާސިމް މިއަދު ނިންމަވާފައިވަނީ އިހަވަންދޫ ދާއިރާގެ ޓިކެޓް އެ ރަށަށް ނިސްބަތްވާ އާދަމް މޫސާއަށް ދިނުމަށެެވެ. މިލަންދޫ ދާއިރާގެ ޓިކެޓް އިބްރާހިމް މަންސޫރަށް ދީފައިވާއިރު ނޮޅިވަރަމް ދާއިރާގެ ޓިކެޓް ދިނީ އިސްމާއިލް ނަސީމަށެވެ.

ހޮޅުދޫ ދާއިރާގެ ޓިކެޜް އަބްދުލްސައްތާރަށް ދީފައިވާއިރު ކިނބިދޫ ދާއިރާގެ ޓިކެޓް ދީފައިވަނީ އަހުމަދު ޝަރީފަށެވެ. މަޑެވެލި ދާއިރާގެ ޓިކެޓް ދިނީ މުހައްމަދު އަހުމަދު ވަހީދަށެވެ. އަބްދުﷲ ހަކީމަށް ނައިފަރު ދާއިރާގެ ޓިކެޓް ދިންއިރު އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ދީފައިވަނީ މުހައްމަދު ފަރުހާދަށެވެ.

މިރޭ އެ ބޭފުޅުންނަށް ޓިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި ގޮތުން އަދިވެސް އިތުރު ދާއިރާތަކެއް ޓިކެޓްތައް ދޭނެ އެވެ. އެ ދާއިރާތައް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެކުރިން 36 ބޭފުޅަކަށް ގާސިމް ޓިކެޓް ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބަވާ ހުރިހާ ބޭފުޅުންހެން ހިމެނެ އެވެ.