ވެލިދު އައިލޭންޑް ރިސޯޓް

ވެލިދު ރިސޯޓުގައި ގެނބިގެން ފަތުރުވެރިޔަކު މަރުވެއްޖެ

އއ. ވެލިދު ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އއ. ވެލިދު އައިލެންޑް ރިސޯޓްގައި ގެނބިގެން މަރުވެފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ 78 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށިގެން ކުރިޔަށް ދާއިރު، މިއަހަރު މިހާތަނަށް ވެސް ގެނބިގެން ފަތުރުވެރިން މަރުވުމުގެ ގިނަ ހާދިސާތަކެއް ވަނީ ރިޕޯޓް ކޮށްފަ އެވެ.