ހަބަރު

ފޮރިން މިނިސްޓަރު ޝާހިދު ސައުދީއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތް ފަހުން ސައޫދީ އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފް އާއި، ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ސައޫދީ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް ސައޫދީ އަރަބިއްޔާއަށް ވެދެވޭނެ އެހީއާ މެދުވެސް ދަތުރުފުޅުގައި މަޝްވަރާ ކުރާނެ އެވެ.