އޮފްބީޓް

މިއަހަރު މޯލްޑިވިއަން އައިޑަލް މިސްވާނެ!

މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގެ ބޭއްވި އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ ރިއަލިޓީ ޝޯއެވެ. އެއީ ރާއްޖޭގައި އެންމެ ހިޓްވި ޝޯ އެވެ. އެހާ ބޮޑު ހިޓަކަށްވީ ބެލުންތެރިން ދިން ތަރުހީބާއި ފަންނާނުންގެ ހުނަރު ދައްކާލަން ލިބުނު ފްރެންޗައިޒް ޕްލްޓްފޯމަކަށް ވެގެނެވެ. ހުރިހާ ސީޒަނެއްގައި ވެސް ޝޯ ގެ ޖަޖުންނާއި ބައިވެރިނާއި ޕްރެޒެންޓަރުންނާއި ސްޕޮންސަރުން ވެސް ހިޓަކަށްވި އެވެ.

މި އަހަރު އެފަދަ ޝޯއެއް ވެސް އަދި މޯލްޑިވިއަން އައިޑޮލް އެއް ވެސް ނެތެވެ. އެފަދަ ޝޯއެއްގެ އަޑެއް ވެސް ނެތެވެ.

ތިން އަހަރު މޯލްޑިވިއަން އައިޑޮލް ޝޯގެ ފަރާތުން އާ ފަންނާނުންތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ އިރު ވަރަށް ގިނަ ބަޔަކު މި އަރު އައިޑޮލް މިސްވާނެ އެވެ. ހުނަރާއެކު ދާއިރާއަށް ނުކުންނަން ތިބި ޒުވާނުން ވަރަށް ބޮޑަށް އައިޑޮލް މިސްވާނެ އެވެ. ހަމަ އެކަނި ފަންނާނުންނެއް ނޫނެވެ. ވިޔަފާރިވެރިން ވެސް މި އަހަރު ވަރަށް ބޮޑަށް އައިޑޮލް މިސްވާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގައި ފަންނާނުންއާއެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ދަށުން ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެން ގޮސްފައިވާއިރު މި ޝޯ މިއަހަރު ނެތުމުން އެ ވާހަކަ ދައްކާ މީހުން އުޅެ އެވެ. ދިވެހި ސިޓިން ރޫމްތަކަށް މި އަހަރު މި ޝޯ ނެތުމުގެ ފަޅުކަން އޮންނާނެ އެވެ.