ދުނިޔެ

ތިން ހަފުތާ ތެރޭ އެމެރިކާގައި މިޔަރު ދަތް އެޅުމުގެ ހަތް ހާދިސާ!

Jul 2, 2015

މިދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ނޯތުު ކެރޮލީނާގައި މިޔަރު ދަތް އެޅުމުގެ ހަތް ހާދިސާއެއް ހިނގައިފި އެވެ.

އަށްސޭރިފަށުގައި އޮންނަ ނޯތު ކެރޮލީނާ ސްޓޭޓުގައި ހިނގި އެ ހާދިސާތަކުގެ ތެރެއިން، އެންމެ ފަހުން މިޔަރެއް ހަމަލާދީ 68 އަހަރުގެ މީހަކު ވަަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނީ އިއްޔެ އެވެ. އެ ސްޓޭޓުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިޔަރު ދަތް އެޅީ  މޫދުގެ އުނަގަނޑާ ހަމައަށް ލޮނުގަނޑު ހުރި ހިސާބެއްގައި އޭނާގެ އަށް އަހަރުގެ ދަރިފުޅާ އެކު ފަތަމުން ދަނިކޮށެވެ.

ގާތްގަނޑަކަށް ހަތް ފުޓޫގެ އެ މިޔަރު ދަތް އެޅުމުގެ ސަަބަބުން އޭނާގެ މޭކަށިގަނޑާއި ފަޔާއި އުނަގަނޑަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. މިޔަރު ދަތް އެޅުމުން އަތިރިމަތީގައި ތިބި ލައިފްގާޑުން ވަނީ އޭނާ ވަގުތުން މޫދުން ނަގާފަ އެވެ. އަދި ހެލިކޮޕްޓަރެއްގައި ކައިރި ހޮސްޕިޓަލަކަށް ގެންގޮސް އޭނާ އަށް ދަނީ ފަރުވާ ދެމުންނެވެ.

މީގެ ދެ ހަފުތާ ކުރިން ހަމަ އެ ސްޓޭޓުގައި މޫދަށް އެރި އުޅުނު ފުރާވަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް ވެސް މިޔަރެއް ވަނީ ހަމަލާދީފަ އެވެ. ވަކިވަކިން ހިނގި އެ ހާދިސާތަކުގަައި އެ ދެ ކުދިންނަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިޔަރު ދަތް އެޅުމުގެ 23 ހާދިސާ ހިނގާފައި ވާއިރު، އޭގެ ތެރެއިން އެމެރިކާގެ ހަވާއީގައި ހިނގި ހާދިސާއެއްގައި ޒަހަމްވި މީހަކު ވަނީ މަރުވެފަ އެވެ.

އެމެރިކާގައި އަހަރަކު އެވްރެޖުކޮށް 30-40 މި ފަދަ ހާދިސާ ހިނގަ އެވެ. އެކަމަކު، މި އަހަރު އެ އަދަދު އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އޭގެ ސަބަބެއް ކަމަށް ބުނަނީ ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ އިތުރަށް މަސްވެރިން މިޔަރަށް އަމާޒުކޮށް ހަމަލާ ދިނު