އެމްއެންޑީއެފް

މޫސުމަށް ސަމާލުވާން އިލްތިމާސް ކޮށްފި

ކަނޑު ދަތުރުތައް ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

މޫސުމަށް ސާމާލުވާން އެމްއެންޑީއެފް އިން މިއަދު އެންގިއިރު މޫސުމާ ގައުމީ އިދާރާއިން ވަނީ ނ. އަތޮޅާއި މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އިދާރާއިން ބުނީ 23 މޭލާއި 30 މެލޫގެ ދެމެދުގެ ބާރުމިނުގައި މިއަދު ވައިޖެހޭނެ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ހިގާ ހާދިސާތަކުގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރަށް އަރަން އިލްތިމާސް ކުރާ ކަމަށެވެ.