ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކިން ސަލްމާން މިސްކިތަށާއި މާވެޔޮ މިސްކިތަށް މިއަދު ޒިޔާރަތްކުރައްވައި އެ ދެ މިސްކިތުގެ މަސައްކަތް ބައްލަވައިލައްވައިފި އެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި އެ ދެ މިސްކިތްތަކުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމުގެ އިތުރުން އެ ދެ މިސްކިތުގެ މަސައްކަތްތަށް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް މިއަދު އޮޅުންފިލުއްވެވި އެވެ.