އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އެކަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމާފައިވާއިރު އެއީ ކޮން ރިސޯޓްތަކެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
އިލެކްޝަން ކޮމިޝަނުން 39 ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވީ ނަމަވެސް އެ ރިސޯޓްތަކުގެ ތެރެއިން ރީ ރަޖިސްޓްރީކުރުމަށް 50 މީހުން ހުށަނާޅާ ރިސޯޓްތަކުގައި ފޮށި ނުބަހައްޓާނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ހަތް ގައުމެއްގައި ވެސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. އިންތިހާބު އޮތީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.