ވިޔަފާރި

"ވިޒިޓް މޯލްޑިވްސް" ޖެހި ޖާޒީ ދައްކާލައިފި

ދުނިޔޭގެ މަޝްހޫރު ކްލަބްތަކުގެ ޔޫތު ޓީމުތައް ކުޅޭ މުބާރާތުގައި ސްޕޮންސާކޮށްފައިވާ ރާއްޖޭގެ ޖާޒީ ދައްކާލައިފި އެވެ.

އިންޓަކޮންޓިނެންޓަލް 13 އަހަރުގެ ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކުޅޭ ސްޕެއިންގެ ސޮކަ ސްކޫލްގެ ޖޯޒީގައި ރާއްޖޭގެ އިޝްތިހާރު ވަނީ ޖަހާފަ އެވެ. މި ޖާޒީ ދައްކާލީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.

ޖޯޒީ ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މިޝޭލް ސަލްގާޑޯ ބައިވެރިވި އެވެ. ރާއްޖެއަށް މި ފުރުސަތު ލިބިފައިވަނީ ވެސް އޭނާއާއެކު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގަ އެވެ.

ދުބާއީގައި ކުރިއަށް ދާ އިންޓަކޮންޓިއެންޓަލް މުބާރާތުގައި ބާސާ އާއި ޗެލްސީ އަދި ރެއާލް އާއި އެތްލެޓިކޯ މެޑްރިޑް ފަދަ މަޝްހޫރު ކްލަބްތަކުގެ ޓީމުތައް ކުޅޭނެ އެވެ. މި މުބާރާތުގެ މެސީ ފައިނަލް މެޗު އޮންނަ އެއް ޕިޗުގައި "ވިޒިޓް މޯލްޑިވްސް" ވަނީ ޖަހާފަ އެވެ. އަދި ރާއްޖޭގެ އިޝްތިހާރުތައް މެޗުތައް ކުރިއަށްދާއިރު ފެންނާނެ އެވެ. ބާސާ އާއި ޗެލްސީ ފަދަ ޓީވީތަކުން ދައްކާ ޔޫތު ކްލަބް މި މެޗުތައް ހަތަރު މިލިއަން ވިއުއާސް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.