އެމްއެންޑީއެފް

އިންޑިއާއިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި

އިންޑިއާ ސިފައިން އެގައުމުގެ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަތް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދިވެހި މަސްދޯނި މިހާރު ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އިންޑިއާ ސިފައިން ހިފަހެއްޓި "ވީވަރު" ނަމަކަށް ކިޔާ ދޯނީގައި 12 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. މި ބޯޓް އިންޑިއާ ސިފައިން ހިފެހެއްޓީ މަލިކު ކައިރިން ނެވެ. އެމްްއެންޑީއެފް އިތުރަށް ބުނީ އެދޯނި ދޫކޮށްލާފައިވަނީ ރާއްޖޭގެ ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ ރާއްޖޭގެ މަސްވެރި އުޅަނދުތަށް އަވައްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަދުމަށާއި، އުޅަނދުފަހު އަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދި ސަރަހައްދުން ވެސް ގަވާއިދާ ހިލާފަތް މަސްވެރިކަން ކުރަންމުން ދިޔަ ބޭރު މަސްބޯޓުތަށް އަތުލައިގަނެފަ އެވެ. އެގޮތުން އެންމެ ގިނައިން އަތުލައިގަނެފައިވަނީ އިންޑިއާ އަދި ލަންކާގެ މަސްބޯޓު ތަކެވެ.