ހަބަރު

އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް ބަލައިގެންފި

އެމްޑީޕީގެ ފަރާތުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލައިގެންފި އެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ 10 ފޯމް ބަލައިގެންފައެއް ނުވެ އެވެ. އެ ފޯމްތައް ބަލައި ނުގަތުމަށް އީސީ އިން ނިންމީ ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ އެވެ. ނަމަވެސް ހުރިހާ ފޯމެއްގެ މައުލޫމާތުތައް ފުރިހަމަކޮށް މިދިޔަ ހަފްތާގައި ވަނީ އިލެކްޝަނަށް ހުށަހަޅާފަ އެވެ.

އެމްޑީޕީ އިން ބުނީ، އިސްލާހުކޮށްފައި ހުށަހެޅި ހުރިހާ ފޯމެއް ވެސް އީސީއިން މިހާރު ބަލައިގެންފައިވާ ކަމަށެވެ.

އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.