ކުރީގެ ސަރުކާރުގައި ނެރުނު ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުސޫލު ބާތިލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލު ކުރަން ފަށާފައިވާ "ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުސޫލަ" ށް އަމަލު ކުރުން ނިމުމަކަށް ގެނެސް އެ އުސޫލު ބާތިލު ކޮށްފައިވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިދައާ ބެހޭ އުސޫލެއް އެކުލަވައިލާ އަމަލު ކުރަން ފެށީ މާޗް 8، 2017 އިގަ އެވެ.
އޭރު ހެދި އުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނުނެގޭނެ ކަމަށެވެ.