ހުޅުމާލޭގައި މޫނު ނިވާކޮށްގެން ފައިސާ ދަބަހެއް ފޭރިގެންފި އެވެ. ފޭރިގެންފައި ވަނީ ހުޅުމާލޭ ހުންނަ ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހުރި ދަބަހެކެވެ.
ފުލުހުން ބުނީ ފައިސާ ދަބަސް ފޭރިގެންފައިވަނީ އެ ފައިސާ ދަބަސް ހިފައިގެން ހުރި މިހާ ވޭނަށް އަރަނިކޮށް ކަމަށެވެ. ދަބަސް ފޭރުގަތީ މޫނު ނިވާކޮށްގެން ހުރި މީހަކު ސައިކަލެއްގައި ގޮސް ވަޅިން ބިރު ދައްކައިގެން ކަމަށާއި ފޭރިގަތް ފައިސާ ދަބަހުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން މާލޭގައި ވެސް މިފަދަ ހާދިސާއެއް ހިނގި އެވެ. އެގޮތުން ޗެކްތަކަކާއި މުހިންމު ލިޔެކިޔުންތަކެއް ހުރި ދަބަހެއް ފޭރިގެންފައިވެ އެވެ.
ފުލުހުން ވަނީ ފައިސާ ޖަމާކުރަން ދާއިރު ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރީޓީގެ ހިދުމަތުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފަ އެވެ.