ހަބަރު

ދެ ކުންފުންޏަކުން މީރާއަށް ޓެކްސް ދައްކަން ހުކުމްކޮށްފި

ޓެކްސް ނުދައްކާ ހުރި ދެ ކުންފުންޏެއް މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މީރާއަށް ނުދައްކާ ހުރި ޓެކްސް ޖޫރިމަނާއާއެކު ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ އޭއޭއޭ ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް އާއި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑްގެ މައްޗަށެވެ.

އެގޮތުން އޭއޭއޭ ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީޕީޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާގެ ގޮތުގައި ޖުމްލަ 57،287 ޑޮލަރާއި 61,450 ރުފިޔާ އަރަމުންދާ ޖޫރިމަނާއާއެކު ތިން މަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޓީޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 705,680.43 ޑޮލަަރާއި އަރަމުންދާ ޖޫރިމަނާއާއެކު ފަސް މަސް ތެރޭގައި ދައްކާ ހަލާސް ކުރާށެވެ.