ހަބަރު

ޕީމްގެ އަހަރީ ބައްދަލުވުން ބާއްވައިފި

ޕްރައިވެޓް ހަޔާ އެޑިޔުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕީމް) ގެ އަހަރީ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ޕީމްއަކީ ރާއްޖޭގައި ހިންގާ ގިނަ ޕްރައިވެޓް ކޮލެޖުތައް އެކުވެގެން އުފައްދާފައިވާ އެ ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ތަމްރީނު ފޮރްގްރާމްތައް ހިންގަން 2010 ވަނަ އަހަރު އުފެއްދި ޖަމިއްުޔާއެކެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ބައެއް މަގާމުތަކަށް ވަނީ ބޭފުޅުން ހޮވާފަ އެވެ. މަގާމުތަކަށް ބޭފުޅުން ހޮވީ މެމްބަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް ވޯޓްލައިގެނެވެ.

ޖަމިއްޔާގެ ރައީސް ކަމަށް ހޮވީ އަހްމަދު ފަޔާޒެވެ. އޭނާ އެ މަގާމަށް ހޮވީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދް އިނާޒް އިސްތިއުފާ ދެއްވުމުންނެވެ. ނައިބު ރައީސް ކަމަށް ހޮވިފައިވަނީ އަހްމަދް ޝަރީފެވެ.