ހަބަރު

16 މީހުން ތިބި ދޯންޏެއްގައި ރޯވެ އެކަކު މަރުވެއްޖެ

Feb 18, 2019
3

ބޯޓެއްގައި އަލިފާނުގެ ރޯވެ އަނދާފައިވާއިރު އޭގައި ހުރި މީހަކު މަރުވެއްޖެ އެވެ. ހާދިސާ ހިނގި އިރު އެ ބޯޓުގައި 16 މީހުން ތިއްބެވެ. މަރުވެފައިވަނީ 63 އަހަރުގެ ދިވެއްސެކެވެ.

އަލިފާން ރޯވި ފުވައްމުލަކު "ރާވަނާ" ބޯޓަކީ ފ. އަތޮޅު ފިލިތެޔޮ ކައިރިން ދަތުރު ކުރަމުންދިޔަ އުޅަނދެކެވެ. އަލިފާނުގެ ހާދިސާގެ ތެރޭގައި މަރުވީ ހާސްވެގެން ކަމަށް ވެއެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނެއް ފިހިފައެއް ވެސް ނުވެ އެވެ. އޭނާ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގީ ފަތިހު 4:45 ގަ އެވެ. ރޯވި އެ ބޯޓްގެ އެއްކޮށް އަނދައި އޭގެ ބޮޑު ބައި މިހާރު އަޑިއަށް ގޮސްފައިވާއިރު ބޯޓުގައި ތިބި އެހެން މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރި 15 މީހުން ސީ އެމްބިއުލޭންސްގައި ގެންދިޔައީ ދ. ކުޑަހުވަދޫ އަށެވެ.

ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީންނެވެ. އަލިފާން ރޯވުމާއެކު އެ އެންމެންވެސް ތިބީ ކަނޑުގެ ތެރޭގަ އެވެ.