ކުޅިވަރު

އެފްއޭއެމްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ޖާގަ ދިނުމަށް މިނިސްޓަރު ގޮވާލައިފި

އެފްއޭއެމްއާ ދެކޮޅަށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖާގަ ދިނުމަށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، މިނިސްޓަރު އަލީ ވަހީދު ގޮވާލައިފި އެވެ.

ވިކްޓަރީ، ސްޕޯޓްސް ކުލަބުން ހުށަހެޅި މަސައްލައާ ގުޅިގެން، އެ މައްސަލަ ފީފާގެ ސަމާލުކަމަށް ގެނައުމަށް ފަހު، ފީފާއިން ދިން ރައުޔާ ގުޅިގެން އެފްއޭއެމުން ބުނެފައި ވަނީ، އަންނަ މަހު 25 ގައި، އެފްއޭއެމްގެ އަހަރީ އާންމު ބޭއްވުމަށް ތާވަލު ކުރެވިފައި ވުމުން އެކަމަށް ވަކި ހާއްސަ ކޮންގްރެސްއެއް ބާއްވަން ނުޖެހޭ ކަމަށެވެ. އެއި އާންމު ކޮންގްރެސްގައިވެސް ކުލަބުތަކުން ބޭނުންވާ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާތީ ކަމަށެވެ.

އެގޮތުގައި އޮއްވައި، މިދިޔަ އާދިއްތަ ދުވަހު އެފްއޭއެމުން ވަނީ، ވިކްޓަރީގެ ގަރާގުގައި ސޮއިކޮށްފައިވާ ތިން ކުލަބު ކަމަށްވާ، ނިއު ރޭޑިއަންޓާއި، ކުލަބު ރޮކް ސްޓްރީޓާއި ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ސޮއި ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ. ނިއު ރޭޑިއަންޓްގެ ސޮއި ބަލައި ނުގަންނަނީ އެ ކުލަބު ސަސްޕެންޑް ކޮށްފައި ވުމުންނެވެ. އަދި ފޯކައިދޫ އާއި ރޮކް ސްޓްރީޓަކީ އެފްއޭއެމްގެ މެންބާޝިޕް ލިބިފައިވާ ދެ ކުލަބު ނޫން ކަމަށް ވުމުންނެވެ. އަދި ސޮއި ކޮށްފައިވާ ކުލަބުގެ ތެރެއިން ހަތަރު ކުލަބަކުން ސޮއި އަނބުރާ ގެންދިޔަ ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ. އެހެންވެ، އިތުބާރު ނެތް ކަމަށް ހުށަހެޅުމުގައި ގާނޫނީ އަދަދު ސައްހަ ނުވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވިދާޅުވީ، އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ހަމަހަމަ އުސޫލަކުން ކުރިމަތި ލައްވަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެފްއޭގެ ލީޑާޝިަޕަށް ޗެލެންޖެއް އެބައޮތް ކުލަބުތަކުން ކުރައްވާފަ، އަލުގަނޑު މި އެދުނީ ފީފާގެ ސްޓެޓިއުސްއާ އެއްގޮތަށް ރޫލް އޮފް ލޯ، އަލުގަނޑުމެން ގަބޫލު ކުރާ އަސާސީ ހަމަތައް ހިފަހައްޓަން ޖެހޭނެ،" ގައުމީ ޓީމުގެ މެނޭޖަރުކަން ކުރިން ކުރެއްވި އަލީ ވިދާޅުވި އެވެ. "އެއްވެސް ކަހަލަ އެސްކިއުޒަކަށް ހަދައިގެން ނުވާނެ އެއްވެސް ތަނެއްގެ ސްޓެޓިއުޓްސް އޭ ކިޔާފައި."

"އެފްއޭއެމްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކަށް ކުލަބުތަކުން އެބަ ބޭނުންވޭ ދާން، ދެ އެލީމަ، އެހެން މަތުލަބުތަކާ މުހާވަރާތަކުގެ ތެރޭގައި، އެކި މަރުހަލާގެ ތެރޭގައި އެކަމަށް އެކި ނުފޫޒު ވަންނާކަށް ނުޖެހޭ."

"ނޯކޮންފިޑެންސް ވޯޓަކަށް ޗެލެންޖު ކުރަންޏާ އެ ބޭއްވެން އެބަޖެހޭ، ނަންގާވައި ވިން ކުރައްވަން ވީނޫންތޯ،" އެފްއޭއެމްއަށް އިލްތިމާސްކޮށް އަލީ ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވަނީ، ކުލަބުތަކާއި އެފްއޭއެމްއާ އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖާގަ ދިނުމަށް މިނިސްޓަރު އެދުމުން އެކަމާ ގުޅިގެން އެފްއޭއެމުން ޖަވާބު ދެއްވީ ފީފާގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ދަންނަވާފައިވާ ކަމަށެވެ.

"ފީފާގެ ސްޓޭޓިއުޓްސްއާ އެގޮތަށް ކުރިއަށް ގެންދާނެ ކަަމަށް، އަދި އެބޭފުޅުންގެ އެކްސްކޯއެއް ބާއްވާނެ ކަމަށް ވިދާޅުވި."

"ނޯކޮންފިޑެންސް މޯޝަންއަކީ ފުޓްބޯޅައިގެ ހައްލުކަމަށް ކުލަބުތަކުން ދެކޭ ކަމަށްވަންޏާ، އެ މޯޝަން ބޭއްވި އެކަމުގެ ނަތީޖާ ލިބެން ޖެހޭނެ، އަޕްޓް އެފްއޭ އެކަން ކުރުން، ސަރުކާރަކީ އެސޯސިއޭޝަންތަކުގެ ތެރެއަށް ވަންނާނެ ބައެއް ނޫން." ނަމަވެސް ފީފާގެ ސްޓެޓިއުސް އާ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއީދު އަޅުގަނޑުމެން ދަމަހައްޓާނަން."