ދުބާއީގައި މި މަހު އޮންނަ ޖުވެލަރީ ފެސްޓިވަލް އެއް ކަމަށްވާ "ގަތަރު ޝޯ 2019" އަށް ބޮލީވުޑުގެ ބަތަލާ އައިޝްވާރިއާ ރާއީ ގެންދާނެކަން ގަތަރު އެއާވޭސް އިން އިއުލާނުކޮށްފި އެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން ގަތަރު އެއާވޭސް އިން ބުނީ މިމަހުގެ 20-25 އަށް ދޯހާ އެގްޒބިޝަން އެންޑް ކޮންފަރެންސް ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި ދުނިޔޭގައި އުފެއްދި ފުރަތަމަ ޖެންސްޓޯން ޖުވެލަރީ ކަލެކްޝަން އާއި ގަޑި ދައްކާލާނެ ކަމަށެވެ.
ގަތަރު އެއާވޭސްއަކީ ބޮޑު މި އެގްޒިބިޝަންގެ އެއާލައިން ޕާޓްނަރެވެ. މި އެގްޒިބިޝަންގެ ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ބައިވެރިވާނެ އެވެ. މީގެތެރޭގައި އެންމެ ހާއްސަ އެއް ފަރާތަކީ ޗައިނާގެ ޖުވެލަރީ ޑިޒައިނަރު ބީހަން ޒޫ އެވެ.
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންގެ މަގާމު ގިނަ އަހަރު ތަކެއްގައި ހޯދާފައިވާ ގަތަރު އެއާވޭސްގައި 230 އެއާ ކްރާފްޓް އޮވެ އެވެ. އަދި މިއެއާލައިން އިން 160 ގައުމަށް ދަތުރު ކުރެ އެވެ.