ވިޔަފާރި

ރާއްޖޭގައި ލަންކާ އިންވެސްޓަރުންގެ ބޮޑު ފޯރަމެއް ބާއްވަނީ

ރާއްޖޭގައި ސްރީލަންކާ އިންވެސްޓަރުންގެ ބޮޑު ފޯރެއް ކަމަށްވާ އާރްއައިޔޫ އިންވެސްޓާސް ފޯރަމް އަންނަ މަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ސްރީލަންކާ ރިސާޗް އިންޓެލިޖެންޓް ޔުނިޓް (އާރްއައިޔޫ) އިން ރާއްޖޭގައި ބާއްވާ ރިޔޫ އިންވެސްޓާ ފޯރަމް 2019 އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު، ހޮޓެލް ޖެންގަ އެވެ.

މި އިވެންޓް އިންތިޒާމު ކުރަނީ ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސިސް އިންނެވެ.

މި ކޮންފަރެންސުގައި ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ބޮޑެތި ކުންފުނިތައް ކަމަށްވާ ޖޯން ކީލްސް ހޯލްޑިގްސް އާއި ކެޕިޓޮލް ޑިވްލޮޕާ ބައި ސިކަން ކުންފުނި އަދި ޕްރައިމް ގްރޫޕުންގެ އިތުރުން ގިނަ ކުންފުނި ތަކުން ބައިވެރިވާނެ އެވެ.

އެ ގައުމުގެ ވިޔަފާރިވެރިނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ރާއްޖޭގައި މި ކޮންފަރެންސް ބާއްވަން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ އެއް ގައުމު ކަމަށާ އެހެންކަމުން ރާއްޖޭގައި ގިނަ ފުރުސަތު ތަކެއް އޮންނާނެ އެވެ.

ސްރީލަންކާއަކީ އެއް ގައުމެއްގައި އެންމެ ގިނައިން ދިވެހިން އަންނަ އެއް ގައުމެވެ. އެ ގައުމުގައި 16،000 ދިވެހިން ދިރިއުޅޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖެއިން 76,000 މީހުން ދިޔަ އެވެ.