ސާފް ޗެމްޕިއަންޝިޕް

ސާފް ވިމެން ޗެމްޕިއަންޝިޕް: ރާއްޖެ، އިންޑިއާ އެއް ގުރޫޕެއް

އަންނަ މަހު، ނޭޕާލްގައި ބާއްވާ، ސާފް ޗެމްޕިއަންޝިޕްގެ އަންހެން ފުޓްބޯޅަ މުބާރާތުގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ރާއްޖެ އެއް ގުރޫޕެއްގައި ވާދަ ކުރަން ޖެހިއްޖެ އެވެ.

ހަތް ގައުމު، ވާދަ ކުރާ މުބާރާތުގައި، ރާއްޖެ ހިމެނޭ ގުރޫޕް 'ބީ' ދެން ހިމެނެނީ އަވަށްޓެރި ޝްރީލަންކާ އެވެ. ގުރޫޕް 'އޭ' ގައި ހިމެނެނީ، މުބާރާތް ބާއްވާ ގައުމު، ނޭޕާލާއި ބަނގުލަދޭޝް، ޕާކިސްތާންގެ އިތުރުން ބޫޓާން އެވެ.

އެންމެ ފަހުން ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ޓީމުން ވަނީ ދަތުރު ކޮށްފަ އެވެ. ސެމީ ފައިނަލަށް، ރާއްޖެއިން ދަތުރު ކުރީ ގުރޫޕް ސްޓޭޖުގައި 5-2 ގައި ލަންކާ ބަލި ކުރުމަށް ފަހު އެވެ. އިންޑިއާއަކީ އަބަދުވެސް ސަރަހައްދުގެ ވަރުގަދަ ޓީމެކެވެ. ލަންކާއާއެކު ރާއްޖެ ހިމެނުމުން، މިފަހަރުވެސް އެ ޓީމު ބަލި ކުރުމުގެ އުންމީދު ރާއްޖެއަށް އެބައޮތެވެ.

މުބާރާޓުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަ ކުރަން ޖެހޭނީ އިންޑިއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ. ލަންކާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 15 ވަނަ ދުވަހު އެވެ.

މިފަހަކަށް އައިސް އަންހެން ޓީމުގެ ނަތީޖާތައް ރަނގަޅެވެ. މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގެ ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދާފަ އެވެ.