ހަބަރު

ގާސިމް އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވައިފި

Feb 20, 2019
1

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މާމިގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ ފޯމް ގާސިމް އިބްރާހިމްގެ ފަރާތުން މިދިޔަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ، ގާސިމް އިބްރާހިމްގެ ރަސްމީ އިންތިހާބީ އެޖެންޓް އަދި ޖޭޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މޫސާ މުސްތާގު އެވެ. ގާސިމް އިބްރާހިމްގެ އުފަން ރަށަކީ މާމިގިއްޔެވެ. އެމަނިކުފާނު އެ ދާއިރާގެ މެންބަރުކަން ކުރައްވާތާ ޒަމާންތަކެއް ވަނީ ވެފަ އެވެ.

އެ ދާއިރާގައި ގާސިމްއާ ދެން ވާދަކުރައްވާކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ، އަހުމަދު ސަފީގު މޫސާ، ޑީއޯ ސައްޕެ އެވެ.