ވިޔަފާރި

ސިއްރުފެންފުށީ ވަލުތެރޭގައި ޓެންޓް ޖަންގަލް ވިލާއެއް

ފުރަތަމަ ކޮޓަރި ހެދީ އަތިރި މައްޗާއި ހޭޅިފަށުގަ އެވެ. އޭގެ ފަހުން އާންމުވީ ފަރުގެ އުރަފަށް ކައިރީ ހަދާ މޫދު ވިލާ ތަކެވެ. އެއަށްފަހު މިހާރު ރާއްޖޭގެ ޓޫރިޒަަމަށް އާންމު ވަމުން މި ދަނީ ގަސްބޯ ޖަންގަލި ބޮޑު ރަށްރަށުގެ ވަލުތެރޭގައި ކޮޓަރި ހެދުމެވެ. މި ފަދަ ވިލާއެއް މި ވަނީ ށ. ގާކޮށިބީގައި ހިންގާ ސިއްރުފެންފުށީގައި ހަދާފަ އެވެ.

"ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި" ގެ ނަމުގައި ހިންގާ މި ރިސޯޓުން ބުނެފައިވާ ގޮތުގައި އެ ރިސޯޓުގެ ވަލުގައި ހަދާފައިވާ ޓެންޓް ޖަންގަލް ވިލާއަކީ "ސަފާރީ ލައިފް ސްޓައިލް" އެއްގައި ޗުއްޓީ ހޭދަ ކޮށްލަން ބޭނުންވާ މެހުމާނުނަށް ހާއްސަ ތަނެވެ. ފަނިފަކްސާތަކާއި ބޯވިނަ ތަކުގެ ތެރެއަށް "ގެއްލެން" އެދޭ ޓޫރިސްޓުންނަށް ހާއްސަ މަތީ ފަންތީގެ ވިލާ އެކެވެ.

މަތީ ފަންތީގައި ޗުއްޓީ ހޭދަ ކޮށްލެވޭނެ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު ސިއްރު ފެންފުށީގައި ހަދާފައިވާ މި ޖަންގަލް ޓެންޓް ވިލާތައް ހުންނަނީ މި ރަށުގެ އެންމެ ފެހިކަން ގަދަ އެންމެ ޖަންގަލި ބޯ ހިސާބުގަ އެވެ. އެއް ކޮޓަރިއާއެކު ފަރުމާކޮށްފައިވާ މިތަނަށް އަންނަ މީހާ އަށް އިހުސާސް ކުރެވޭނީ ޓެންޓެއްގައި ދިރިއުޅުމެވެ. އެކަމަކު ލަގްޒަރީ ލައިފް ސްޓައިލް ނުގެއްލޭނެ އެވެ. މި ކޮޓަރީގައި އޮންނައިރު ވަށައިގެންވާ ބޯ ޖަންގަލި ހާމައަށް ފެންނަން އޮވެ އެވެ.

މިތަނުގައި އުޅޭ ކަނބިލީގެ ގޮވުމުގެ އަޑު އިވޭނެ އެވެ. މި ވިލާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައިވަނީ ކޮޓަރީގައި ހުންނަ ކެލިފޯނިއާ ކިންގް ސައިޒުގެ ބޮޑު އެނދެ އެވެ. މި އެނދުގައި ފަސޭހަކަމާއެކު ދެ މީހަކަށް ނިދައި ލެވޭނެ އެވެ. އަދި ކޮޓަރީގެ ބޭރުގައި ހުރެގެން ފެންވަރާ ލެވޭ ގޮތަށް "އައުޓް ޑޯ ރެއިން ޝަވަރު" ހަރުކޮށްފައި ހުރުމަކީ މި ވިލާ އިތުރަށް ފުރިހަމަ ކޮށްދިން ކަމެކެވެ. މިއީ ޓެންޓް ވިލާއެކޭ ބުންޏަސް ވިލާއާއެކު އިންފިނިޓީ ފޫލެއް ހުރުން ވަނީ އިތުރު ޕްލަސް ޕޮއިންޓަކަށެވެ. މި ސުވިމިން ޕޫލް ވެސް ހަދާފައިވަނީ ޖަންގަލީގެ ދިރިއުޅުން އިހުސާސް ކުރެވޭނެ ގޮތަށް ހާމަ ތަނެއްގަ އެވެ.

އެއް ކޮޓަރިއާއެކު ފަރުމާކޮށްފައިވާ މިތަނަށް އަންނަ މީހާ އަށް އިހުސާސް ކުރެވޭނީ ޓެންޓެއްގައި ދިރިއުޅުމެވެ. އެކަމަކު ލަގްޒަރީ ލައިފް ސްޓައިލް ނުގެއްލޭނެ އެވެ. މި ކޮޓަރީގައި އޮންނައިރު ވަށައިގެންވާ ބޯ ޖަންގަލި ހާމައަށް ފެންނަން ހުރެ އެވެ. މިތަނުގައި އުޅޭ ކަނބިލީގެ ގޮވުމުގެ އަޑު އިވޭނެ އެވެ.

މި ވިލާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައިވަނީ ކޮޓަރީގައި ހުންނަ ކެލިފޯނިއާ ކިންގް ސައިޒުގެ ބޮޑު އެނދެ އެވެ. މި އެނދުގައި ފަސޭހަކަމާއެކު ދެ މީހަކަށް ނިދައި ލެވޭނެ އެވެ. އަދި ކޮޓަރީގެ ބޭރުގައި ހުރެގެން ފެންވަރާ ލެވޭ ގޮތަށް "އައުޓް ޑޯ ރެއިން ޝަވަރު" ހަރުކޮށްފައި ހުރުމަކީ މި ވިލާ އިތުރަށް ފުރިހަމަ ކޮށްދިން ކަމެކެވެ. މިއީ ޓެންޓް ވިލާއެކޭ ބުންޏަސް ވިލާއާއެކު އިންފިނިޓީ ފޫލެއް ހުރުން ވަނީ އިތުރު ޕްލަސް ޕޮއިންޓަކަށެވެ. މި ސުވިމިން ޕޫލް ވެސް ހަދާފައިވަނީ ޖަންގަލީގެ ދިރިއުޅުން އިހުސާސް ކުރެވޭނެ ގޮތަށް ހާމަ ތަނެއްގަ އެވެ.

އަވަސް އަށް ސިއްރު ފެންފުށިން ފޮނުވި ނޫސްބަޔާނެއްގައި ބުނި ގޮތުން އެކަހެރި ދިރިއުޅުމެއް އުޅެލަން މި ވިލާ އަށް އަންނަ މީހަކަށް ޕްރައިވެޓް ބާބެކިޔުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި މި ތަނުގެ ފަރުނީޗަރުން ފެށިގެން ވިލާގެ އެތެރެ އާއި ބޭރު ވެސް ފަރުމާ ކުރުމުގައި އިސްކަން ދީފައިވާނީ ވަލުތެރޭގައި ޓެންޓެއް ޖަހައިގެން މަޑުކޮށްލަން އަންނަ މީހަކަށް ބޭނުންވާނެ ހުރިހާ ހިދުމަތް ތަކެއް ހޯދޭނެ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 50 މިނެޓުން ދެވޭ ރާސްތާގައި ހަދާފައިވާ ސިއްރު ފެންފުށި ރިސޯޓު ހުޅުވާފައިވަނީ އެޕްރީލް 2018 ގަ އެވެ. ފަސްތަރީގެ މި ރިސޯޓުގައި މޫދާއި ބީޗު ހިމެނޭ ގޮތަށް 112 ވިލާ ހުރެ އެވެ. މިތަނަށް އިތުރު ފުރިހަމަކަމެއް މި ގެނެސްދެނީ ސަފާރީ ލައިފް ސްޓައިލްގެ ފުރިހަމަ ޓެންޓް ވިލާ އަށެވެ.