ވިޔަފާރި

މި އަހަރު އައިޓީބީ ފެއާގައި އީދު ކުޅިވަރު އޮންނާނެ!

އައިޓީބީގެ ޕްރީ މީޓިންގައި މައުލޫމާތު ދެނީ: ފެއާ އޮންނާނީ އަންނަ މަހު ޖަރުމަނުގައި- ފޮޓޯ:އަވަސް
0%
0%
0%

މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖެއިން ގާއިމްކުރާ ސްޓޭންޑްގައި އީދު ކުޅިވަރުތައް އޮންނާނެ އެވެ.

ޖަރުމަނުގައި ބާލިން ފެއާ އޮންނާނީ އަންނަ މަހުގެ 6 އިން 10 އަކަށެވެ. އެމްއެމްޕީއާރްސީން ބުނީ ރާއްޖޭގެ ސްޓޭންޑް މި އަހަރު ތަފާތު ވާނެ ކަމަށެވެ.

"ސްޓޭންޑު ކުރީ އަހަރުތަކާ ތަފާތުކޮށް ފަރުމާ ކޮށްފައި ވާނީ. އެހެން އަހަރުތަކެކޭ އެއްގޮތަށް ދިވެހި ލުއި ކާނާގެ ރަހަ ދެއްކުން ހުންނާނެ،" ރީނާ ވިދާޅުވި އެވެ.

މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ 120 ކުންފުންޏަކުން 260 މީހުން ބައިވެރިވެ އެވެ.

އައިޓީބީ ފެއާގެ މައުލޫމާތު އެސިސްޓެންޓް ޑިރެކްޓަރު ރީނާ އަބްދުލް ވާހިދު ދެއްވަނީ- ފޮޓޯ: އަވަސް

މި އަހަރުގެ ވެސް ރާއްޖޭގެ ސްޓޭންޑުގައި ލައިވް މިއުޒިކާއެކު ދިވެހި ނެށުމުގެ ހަރަކާތްތައް އޮވެ އެވެ.

އައިޓީބީއަކީ ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވާ އެއް ފެއާ އެވެ. ޒަމާނުއްސުރެ މި ފެއާ ކަވަރު ކުރަން ރާއްޖޭގެ މިޑިއާގެ ގިނަ ފަރާތްތަކަކަށް ޖާގަ ދެއެވެ. މި އަހަރު އާ ސަރުކާރުން ޓޫރިޒަމް އިޝްތިހާރުގެ ބަޖެޓް ބޮޑު ކުރުމަށް ފަހު ފެއާގައި ބައިވެރި ކުރަނީ ވީޓިވީ އާއި ރާއްޖެ ޓީވީ އެކަންޏެވެ. ދައުލަތުގެ ހުރިހާ ހަރަކާތެއް އާކައިވް ކުރަންޖެހޭ ޕީއެސްއެމް ވެސް މި ފެއާގައި ބައިވެރި އެއް ނުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910