ހަބަރު

އިންތިހާބަށް ކުރިމަތިލީ 403 މީހުން

Feb 21, 2019
1

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު 403 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިރޭ ބުނެފި އެވެ.

ޖުމްލަ 403 ފަރާތަކުން ކުރިމަތިލާފައިވާއިރު ޕާޓީތައް ވަކިން އެނގޭ ގޮތަށް ތަފާސް ހިސާބުތައް އަދި އިލެކްޝަން ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އެހެންނަމަވެސް އެނގޭ މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވަނީ 86 ކެންޑިޑޭޓުންނެވެ. ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ 46 ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު ޖުމްހޫރީ ޕާޓީގެ 42 ކެންޑިޑޭޓަކު ފޯމް ހުށަހަޅާފައިވެ އެވެ.

އެމްޑީއޭގެ ފަރާތުން ހަތް ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވާކަން ވަނީ އެނގިފަ އެވެ. އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ކުރިމަތިލާފަ އެވެ.