ހަބަރު

މާންބެގެ ކެމްޕޭން ރަސްމީކޮށް ފަށައިފި

Feb 23, 2019

ދަނގެތީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް މައުމޫން އަބްދުއް ސަމަދު (މާންބެ) އޭނާގެ ކެމްޕޭން ހަރަކާތްތައް އިއްޔެ އދ. ރަސްމީކޮށް ފަަށައިފި އެވެ.

މާންބެ އޭނާގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ އެ އަތޮޅު އޮމަދޫގައި ހުންނަ އޭނާގެ ކެމްޕޭން ޖަގަހަ ހުޅުވައިދީފަ އެވެ. ޖަގަހަ ހުޅުވުމުގެ އެ ރަސްމިއްޔާތުގައި މާންބެއަށް ތާއީދުކުރާ އެ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައި ވެއެވެ.

ދަގެތި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މާންބެއަކީ ސަރުކާރުގެ އިސް ވަޒީފާތަކުގައި އުޅުއްވެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި އާސަންދަ ކުންފުނީގެ މެނޭޖަރުކަން ހިމެނެ އެވެ.