ވިޔަފާރި

ހުރިހާ ހިސާބަަކަށް އިންޑިއާ ޓޫރިސްޓުން ގެނެވޭނެ ގޮތް ބަލަނީ

Feb 24, 2019
4

ރާއްޖޭގެ ހުރިހާ ހިސާބަކަށް އިންޑިޔާ ޓޫރިސްޓުން ގެނެވޭނެ ގޮތްތަކެއް ހޯދަން އެ ގައުމުގެ އިސް ފަރާތްތަކާއެކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު އަލީ ވަހީދާއި ބައެއް ސިޓީތަކުގެ މޭޔަރުން ހިމެނޭ ގޮތަށް މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އަލީ ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ވެސް ބައްދަލު ކުރެއްވާފަ އެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި މާލެ ސިޓީގެ މޭޔަރާއި ކުޅުދުއްދުށީ ކައުންސިލްގެ ރައީސާއު ފުވައްމުލަކު ސިޓީގެ މޭޔަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ތަރައްގީކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް އިންޑިޔާ ޓޫރިސްޓުން ގެންނަން މަޝްވަރާ ކުރި ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގައި އުންމީދީ މާކެޓެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު 90،000 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖެ އައިސްފައި ވެއެވެ.