ހަބަރު

އިވެންޓެއް ހިނގަނިކޮށް ދަރުބާރުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Feb 26, 2019
7

އިކޮނޮމިކް މިނިސްޓްރީން ބޭއްވި އިވެންޓެއް ދަރުބާރުގޭގައި ހިނގަމުން ދަނިކޮށް އެ އެތާނގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފަން ނިއްވާލާފަ އެވެ.

އަލިފާންގެ ހާދިސާ އައީ މިއަދު ހެނދުނު ރަންނަބަޑޭރި މާލަމުގައި އިކޮނޮމިކް މިނިސްޓްރީ އިން ފެށި، "ބިޒްނަސް ކޮންވެންޝަން 2019" ގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު ވެސް ބައިވެރިވެ ވަޑައިގަތް ތިއްބެވި އެ ހަފްލާ ފަށަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އަލިފާން ހިފީ، ސްޓޭޖް މައްޗަށް އަލި ކުރަން ސީލިންގްގައި ހަރުކޮށްފައި ހުރި ލައިޓްތަކުގެ ތެރެއިން ލައިޓެއްގެ ކަރަންޓް ކޭބަލްގަ އެވެ. އަލިފާން ހިފުމާއެކު އެ ތަނުގައި ތިބި އިދާރީ މުވައްޒަފުން ވަނީ، އަލިފާން ނިވާ އާލާތްތައް ބޭނުން ކޮށްގެން އެ އަލިފާން ވަގުތުން ނިންވާލާ އެވެ.