މ. އަތޮޅުން ފެށިގެން ގދ އަތޮޅު އާހަމަޔަށް ނެރުނު ވައިޓް އެލާޓުގައި ކުރި ވިއްސާރައިގައި، ލ. އިސްދޫއަށް ކުރި ވިއްސާރާއިގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނު އަށް ގޭބިސީއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކޮށް ކައުންސިލުން އެހީ ފޯރުކޮށްދެމުންދާ ކަމަށް ޑިޒާސްޓާ އޮތޮރިޓީން ބުނެފި އެވެ.
އިިއްޔެ ރާއްޖޭގެ ދެކުނަށް ކުރި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ޑިޒާސްޓާ އޮތޯރޮޓީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި އެ އެއޮތޯރިޓީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު އިހްސާން ހަސަން ވިދާޅުވީ، ލ. އަތޮޅައާއި ގދ އަތޮޅު ހިމެނޭގޮތަށް 98 ގެއަކަށް ވަދެފައިވާ ފެން ހިއްކުމުގެ މަަސައްކަތާއި ހިލަ ބަސްތާ ޖެހުމުގެ މަސައްކަތުގައި އެއޮތޯރިޓީން، ސިފައިންނާއި ފުލުހުންނާ ގުޅިގެން، މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެއޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގެ ލިބުނު ގެއްލުންތަކުގެ މައުލޫމާތު ހޯދުމުގެ ގޮތުން ހަދަން ޖެހޭ ޑެމޭޖް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ހަދަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ޑެމޭޖް އެސެސްމެންޓް ހެދުމުގައި ދަތިތަކާ ދިމާވަމުންދާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ޑެމޭޖް އެސެސްމެންޓް ހަދަނީ ތަރައްގީގެ މަޝްރޫއުތަށް ހިންގާއިރު ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ދިނުމަށް ހަދާ ފައިލް އެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ގިނަ ރައްޔިތުންނަށް ހީވެފައި އޮންނަށް ގޮތުން ޑިޒާސްޓާ އޮތޯރިޓީން ޑެމޭޖް އެސެސްމެންޓް ހެދުމުގެ ބޭނުމަކީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ގަބޫލުކުރާ މީހުން ޑެމޭޖް އެސެސްމެންޓަށް ބޭނުންވާ މައުލޫމާތު ނުދޭ ކަމަށެވެ. މިކަމުގެ ސަބަބުން ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ފުރިހަމަ މައުލޫމާތު ނުލިބޭ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޑެމޭޖް އެސެސްމެންޓް ހަދަނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް. ހާއްސަކޮށް ބިން ހިއްކާ އަދި އެއާޕޯޓް އަޅާ ރަށްރަށުގައި، މިސާލަކަށް ތިނަދޫއަށް މިދިޔަ ފަހަރު ކުރި ވިއްސާރައިގައި ފެން ވަދެފަ ވަނީ 30 ގެއަކަށް، މިފަހަރު ކުރި ވިއްސާރައިގައި ފެން ވަދެވަ ވަނީ 30 ގެއަށް، މި ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުން އަޅުގަނޑުމެންނަށް އިގޭ އެގެއައަކަށް ފެން ވަދެފައިވަނީ ކީއްވެކަން" އުމަރު ވިދާޅުވި އެވެ.
ޑިޒާސްޓާ އޮތޯރިޓީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރެ ކޮށްފާނެ ކަމަށް މޫސުމާ ބޭހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްތަކުން ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ފެން ހިއްކުމަށާއި ވެލި ބަސްތާ ޖެހުމުގެ ކަންތަކަށް ބޭނުންވާ ގޯނި ފަދަ ތަކެތި އެއޮތޯރިޓީން އެރަށަކަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.