ފެން ބޮޑުވުން

ވާރޭ ވެހި ކުޑަހުވަދޫގައި ފެން ބޮޑުވެއްޖެ

ރޭ ދ. ކުޑަހުވަދޫއަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ ކުޑަހުވަދޫއަށް ކުރި ވިއްސާރައިގައި ފެންބޮޑު ވެފައި ވާތީ، ފެންބޮޑުވި ސަރަހައްދުތަކުން މިހާރު ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ކުޑަހުވަދޫގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ ކުޑަހުވަދޫ ހިމެނޭ ސަރަހައްދުގައި މަސައްކަތްކުރާ ސިފައިނުންނެވެ.

ބޯކޮށް ވާރެވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް މޫސުމާބެހޭ އިދާރާއިން އޮތީ ފަތިހުވެސް ވައިޓް އެލާޓެއް ނެރެފަ އެވެ. ދާލު އަތޮޅު ހިމެނޭ ގޮތަށް ރޭ ފަތިހު 5:00 އިން މިއަދު ހެނދުނު 9:00 އަށް ވައިޓް އެލާޓް ނެރެފައި ވަނީ އދ. އަތޮޅުން ފެށިގެން ލާމު އަތޮޅަށެވެ.